ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ކޮލެޖުން ބުނީ ތަފާތު އެކި ދާއިރާތަކުން ޖުމްލަ 111 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަޔަކަށް ދަންމާލާފައިވާ ކަމަށެވެ.

ކިޔެވުން ފަށަނީ އަންނަ މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގަ އެވެ.

އަންނަ މަހު ފަށާ ކޯސްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، ޓީޗިން، ޝަރީއާ، ނާސިން، ސައިކޮލޮޖީ އަދި މެރިން ސްޓަޑީ ފަދަ ދާއިރާތައް ހިމެނެ އެވެ.

މެއި އިންޓޭކުގައި ސެޓްފިކެޓް ލެވެލް ދޭއްގެ ކޯހަކާއި ސެޓްފިކެޓް ލެވެލް ތިނެއްގެ 11 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި ޑިޕްލޮމާ ލެވެލްގެ 24 ކޯހަކާއި ޑިގްރީގެ 27 ކޯސް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ 10 ކޯސް އަދި މާސްޓާސް ފެންވަރުގެ 15 ކޯހެއް ހިމެނެ އެވެ. އޭގެ އިތުރުން އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ އިން އެޕްލައިޑް އެކައުންޓިން ކޯހަށް ހުޅުވާލާފައި ވެ އެވެ.

ވިލާ ކޮލެޖުން ބުނީ ކޯސްތަކުގެ ތެރޭގައި އޮންލައިން، ބްލެންޑެޑް އަދި ފޭސް ޓު ފޭސްކޮށް ކިޔަވާ ކޯސްތައް ހިމެނޭ ކަމަށެވެ.

ދަރިވަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވެ އެވެ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ވިލާއިން ހިންގާ ޑިގްރީގެ ހުރިހާ ޕްރޮގްރާމެއްގައި ކިޔެވޭނެ އެވެ.