ސައިކަލުން ޖެހި އެކްސިޑެންޓުވުމުން ފިލައިފި
ސައިކަލުން ޖެހި އެކްސިޑެންޓުވުމުން ފިލައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭ ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓުވުމުން، އެއް ސައިކަލުގައި ތިބި މީހުން އެ ސަރަހައްދުން ފިލަައިފި އެވެ.

ފުލުހުން ބުނީ އެމްއެމްއޭ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް މިރޭ 9:15 ގައި ލިބުނު ކަމަށެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން އެ މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އެކަމަކު ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައި ނުވާތީ އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު ސާފެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.