އެވިޑް ކޮލެޖްގެ އާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެވިޑް ކޮލެޖްގެ އާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މެލޭޝިއާގެ ސައިބަޖާޔާ ޔުނިވާސިޓީ ކޮލެޖް އޮފް މެޑިކަލް ސައިންސަސް އާއި އެވިޑް ކޮލެޖް ގުޅިގެން މުޅިން އާ ކޯސްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން ހުޅުވާލީ މެޑިކަލް ސައިންސްގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން އަންނަ އަހަރު ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. އެއީ:

- ބެޗްލާ އޮނާސް އޮފް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ

- މާސްޓާސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް

- ބެޗްލާއިން ޕްރޮޖެކްޓް މެނޭޖްމަންޓް

- ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ/ސޮފްޓްވެއާ އިންޖިނިއަރިން

އެ ކޮލެޖުން ބުނި ގޮތުގައި މާސްޓާސް އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި ބެޗްލާއިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރާ ދެ ކޯހެވެ.

އެ ގޮތުން ބެޗްލާ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓާއި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ/ ސޮފްޓްވެއާ އިންޖީނިއަރިން ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް 30 ޕަސަންޓު ޑިސްކައުންޓް، މާސްޓާސް އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހުން 20 ޕަސަންޓު ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން މަސައްކަތް ކުރަނީ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ތައުލީމް އުނގެނުމުގެ ގިނަ ފުރުސަތުތައް ހޯދައިދިނުމަށް މަގު ފަހިކޮށްދިނުމަށެވެ.