މިފްކޯ އަށް ބާރު ބޮޑުވެ ދޯނިފަހަރުން މަސް ކިރާވަރު ކޮންޓްރޯލްކޮށްފި
މިފްކޯ އަށް ބާރު ބޮޑުވެ ދޯނިފަހަރުން މަސް ކިރާވަރު ކޮންޓްރޯލްކޮށްފި

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯ އަށް ބާރުބޮޑުވުމުން ކޮންމެ މަސް ދޯންޏަކުން ހަތަރު ޓަނަށް ވުރެ އިތުރަށް މަސް ނުކުރޭ ގޮތަށް ކަނޑައަޅައިފި އެވެ.

މިފްކޯ އިން ބުނީ މިދުވަސްވަރު އާދަޔާ ހިލާފަށް ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅު ކަމަށެވެ. މިހެން ވުމުގެ ސަބަބުން މިފްކޯގެ ޕްރީޒިން ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

މިފްކޯ އިން ބުނީ މި ވަގުތު ކިޔުގައި ތިބި ދޯނި ފަހަރުގެ މަސްކިރައި ފްރީޒް ކުރަން ވަގުތު ނަގާތީ މިއަދުން ފެށިގެން އަންގާރަ އަށް ކޮންމެ މަސް ދޯންޏަކުން ވެސް ހަތަރު ޓަނަށް ވުރެ އިތުރަށް ނުކިރަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސި ނަމަވެސް ކޫއްޑޫ އާއި އައްޑޫގައި ކިޔު ނަންބަރު ދީފައި ތިބި ދޯނިފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއް ނެތި ގަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އާންމުގޮތެއްގައި ވެސް މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވާ ދުވަސްވަރު މަސްވެރިން ބާނާ މަސް ކިރުމުގައި ކެޕޭސިޓީ ނެތުމުގެ ބޮޑެތި އުނދަގޫތައް މިފްކޯ އަށް ކުރިމަތިވެ އެވެ.