ލޯފަން ކުދިންގެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލްގެ ހިދުމަތް ދިރާުގުން ހިލޭ ދެނީ
ލޯފަން ކުދިންގެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލްގެ ހިދުމަތް ދިރާުގުން ހިލޭ ދެނީ

ލޯފަން ކުދިންގެ ހައްުގުތައް ހިމާޔަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑްލީ އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލް ކުރުުމުގެ ހިދުމަތް ދިރާގުން ހިލޭ ފޯރުކޮށްދޭން ނިންމައިފި އެވެ.

ލޯފަން ކުދިންގެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލްގެ ހިދުމަތް ދިރާުގުން ހިލޭ ދެނީ
ލޯފަން ކުދިންގެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލްގެ ހިދުމަތް ދިރާުގުން ހިލޭ ދެނީ

މި ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ބީވީއައިއެސްއެމްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ސީއެމްއޯ އިޒަބެލް ހަޖްރީ ސޮއި ކުރެއްވި އިރު، އެ ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ޖަމިއްޔާގެ މެމްބަރު މަރިޔަމް ވަހީދާ އަދި ރައީސް މުހައްމަދު މާޒިން އެވެ.

ލޯފަން ކުދިންގެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލްގެ ހިދުމަތް ދިރާުގުން ހިލޭ ދެނީ
ލޯފަން ކުދިންގެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލްގެ ހިދުމަތް ދިރާުގުން ހިލޭ ދެނީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ކުރާ ކޮންފަރެންސް ކޯލްތައް ހިލޭ ކުރެވޭނެ އެވެ. އޭގެ ސަބަބުން މެމްބަރުންގެ މެދުގައި ލުއި ފަސޭހަކަމާ އެކު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީވީއައިއެސްއެމްގެ މެމްބަރު މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އަތޮޅުތަކުގައި ތިބި އެ ޖަމިއްޔާގެ މެމްބަރުންނާ ގުޅާލުމަށް ފަސޭހަވެގެން ދާނެ އެވެ. އެ ގޮތުން، އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުމާއި މެމްބަރުންގެ މެދުގައި ހިންގާ ތަރައްގީ އާއި ތަމްރީން ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"ޖަމިއްޔާގެ ހުރިހާ ހަރަކާތްތަކެއް ބިނާވެފައި އޮންނަނީ ކޮންފަރެންސް ކޯލްތަކުގެ މައްޗަށް. ހުރިހާ ހަރަކާތްތަކެއް ހިންގަނީ އެ ކޯލްތައް މެދުވެރިކޮށް. ޖަމިއްޔާގެ ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވާ އިރު ހުރިހާ މެމްބަރުން އެއް ތަނެއްގައި ނެތުމުން ދިމާވާ ދަތިތަކުން ފަސޭހަތަކެއް މި ހިދުމަތުގެ ސަބަބުން ލިބޭނެ،" ޖަމިއްޔާގެ ރައީސް މާޒިން ވިދަޅުވި އެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެ ގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުވުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ދިރާގު ރޯޑް ރޭސް މިދިޔަ ހުކުރު ދުވަހު ވަނީ ބާއްވައިފަ އެވެ.