ކޮވިޑް-19އާ ހެދި "ޓޯކިއޯ މޮޓޯ ޝޯ" 67 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެންސަލް
ކޮވިޑް-19އާ ހެދި "ޓޯކިއޯ މޮޓޯ ޝޯ" 67 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެންސަލް

ޖަޕާނުގެ "ޓޯކިއޯ މޮޓޯ ޝޯ" ބާއްވަން ފެށިތާ 67 އަހަރު ފަހުން އަލަށް އެ ޝޯ ކެންސަލްކުރަން ޖެހިއްޖެ އެވެ.

ކޮވިޑް-19އާ ހެދި "ޓޯކިއޯ މޮޓޯ ޝޯ" 67 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެންސަލް
ކޮވިޑް-19އާ ހެދި "ޓޯކިއޯ މޮޓޯ ޝޯ" 67 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެންސަލް

މި އަހަރުގެ އޮކްޓޯބަރު މަހުގެ 20-31 އަށް ބާއްވަން ހަމަޖެހިފައި އޮތް ޝޯ ކެންސަލްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. ޖަޕާނުގައި މިހާރު ވަރަށް ބާރަށް ކޮވިޑް ފެތުރެމުންދާތީ މާދާމާ އިން ފެށިގެން އަންނަ މަހުގެ 11 އަށް ކުއްލި ނުރައްކަލުގެ ހާލަތު ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.

އެންމެ ފަހުގެ އެއްގަމު ވެހިކަލްތައް ދައްކާލަން ބާއްވާ "ޓޯކިއޯ މޮޓޯ ޝޯ" އަކީ 1954 ގެ ފަހުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އިވެންޓެވެ. ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި އިވެންޓަށް 1.3 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ޖަޕާން އޮޓޮމޮބައޮލް މެނުފެކްޗަރާޒް އެސޯސިއޭޝަން (ޖޭއޭއެމްއޭ) އިން ބުންޏެވެ.

އެސޯސިއޭޝަންގެ ޗެއާމަން އަކިއޯ ޓޮޔޯޑާ ވިދާޅުވީ މި އަހަރުގެ އިވެންޓް ކެންސަލްކުރީ މިހާރުގެ ހާލަތަށް ބަލާ އިރު ރައްކާތެރި މާހައުލެއްގައި ޝޯ ބޭއްވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން ކަމަށެވެ.

"މިފަދަ ހާލަތެއްގައި [ބޮޑު ބަލިމަޑިކަމެއްގެ ތެރޭގައި] އިވެންޓް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމަށްވާނެ. އެހެންވީމަ ނުބާއްވަން ނިންމީ." އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބޮޑެތި ގިނަ އިވެންޓްތައް ވެސް ވާޗުއަލްކޮށް ބާއްވަމުން ދިޔަ ނަމަވެސް "ޓޯކިއޯ މޮޓޯ ޝޯ" އެގޮތަށް ބާއްވާކަށް އިންތިޒާކުރާ ފަރާތުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތެވެ. އެހެންވެ ދެން ޝޯ ބާއްވާނީ ކޮވިޑްގެ ހާލަތު ރަނގަޅުވެ، އާންމި ހާލަތަކަށް އެޅުމުންނެވެ.

ކޮވިޑާ ހެދި ޖަޕާނަށް މިދިޔަ އަހަރުގެ އޮލިމްޕިކްސް ވެސް ކެންސަލްކުރަން ޖެހުނެވެ. އަދި މި އަހަރު ވެސް އެ ގޭމް ބޭއްވޭނެކަމާ ދޭތެރޭ ސުވާލު އުފެދިފައިވެ އެވެ.

ޖަޕާނުގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް ލައްކަ އަށް ވުރެ ގިނަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 10،000 އާ ގާތްކުރެ އެވެ.