ދިހަ ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ބަލިވެ އިނދެ ދެ ދަރިން ލިބިއްޖެ
ދިހަ ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ބަލިވެ އިނދެ ދެ ދަރިން ލިބިއްޖެ

މިއީ ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައަކަށް ނުވެދާނެ އެވެ. އެކަމަކު އޮސްޓްރޭލިއާ މީހެއް ކަމަށްވާ ކޭޓް ހިލް 10 ދުވަސް ތެރޭ ދެ ފަހަރަށް ބަލިވެ އިނދެ ވިހައިފި އެވެ. ލިބުނީ ދެ އަންހެން ކުދިންނެވެ.

ދިހަ ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ބަލިވެ އިނދެ ދެ ދަރިން ލިބިއްޖެ
ދިހަ ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ބަލިވެ އިނދެ ދެ ދަރިން ލިބިއްޖެ

ހިލް އަށް މިގޮތަށް ދިމާވެފައި ވަނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމްގެ ސަބަބުން އޭނާ އަށް ދުވަހަކު ވެސް ދަރިއެއް ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށެވެ. ބަލިވެ އިނދެފައި ވަނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް އަށް ހޯމޯން ޓްރީޓްމަންޓް ނަގަމުން ދަނިކޮށެވެ.

މިގޮތަށް ދިމާވަނީ "ސުޕަފެޓޭޝަން" ކިޔާ ވަރަށް ނާދިރު ހާލަތެއްގެ ސަބަބުންނެވެ. ބަލިވެ އިނުމާ އެކު، ދަރިމައިވުމުގެ މަރުހަލާތައް ހުއްޓުމަކަށް އާދެ އެވެ. އެކަމަކު ސުޕަފެސްޓޭޝަންގެ ސަބަބުން މި މަރުހަލާ ނުހުއްޓި ކުރިއަށްދެ އެވެ. އެހެންވެ ދަރިއަކުން އަށަގަންނަމުންދާ މަރުހަލާ ތެރޭގައި ވެސް ބަލިވެ އިނުމުގެ ފުރުސަތު އޮންނާނެ އެވެ.

ހިލް އަށް ވަނީ މީގެ 10 މަސް ދުވަސް ކުރިން އެއްމާބަނޑު ދެ އަންހެން ކުދިން ލިބިފަ އެވެ. މި ދެ ކުދިން އުފަންވީ އެއް ދުވަހެއްގައި ނަމަވެސް މި ދެ ކުދިން ގަރުބަގަތުމުގައި 10 ދުވަހުގެ ފަރަގު އެބަހުއްޓެވެ.

"މިއީ ކިހާ ހާއްސަ ކަމެއްކަން މީގެ ކުރިއަކުން ވިސްނާލެވިފައެއް ވެސް ނެތް،" އޮސްޓްރޭލިއާގެ ސެވަން ނެޓްވާކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު މި ހާލަތު ދިމާވި ކަމަށް މިހާތަނަށް ރެކޯޑްކުރެވިފައި ވަނީ 10 މީހަކަށެވެ.

ހިލް އަށް ފަރުވާކުރި ޑޮކްޓަރު ބުނެފައި ވަނީ އޭނާ އަށް ވެސް މި ހާލަތާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގޭ ކަމަށާއި އެހެންވެ މައުލޫމާތު ހޯދީ އިންޓަނެޓުން ކަމަށެވެ.

"މިކަމާ ބެހޭ ހާއްސަ މެޑިކަލް ރިވިއުއެއް، ވެބްސައިޓެއް ވެސް ނުފެނުނު،" ޑޮކްޓަރު ބުނެފައިވެ އެވެ.