މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ބަޔަކު ހޯދަނީ
މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ބަޔަކު ހޯދަނީ

އައްޑޫ މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މި ޕްރޮޖެކްޓު ހިންގުމަށް ކުރިމަތިލެވޭނީ ޕްލޭނިިން މިިސްޓްރީގެ އިމާރާތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ބީލަން ފޮތް އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަައަށް އެ ކައުންސިލް އިދާރާއިން ލިބޭނެ އެވެ.

ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 300ރ. ދައްކަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 1500ރ. ދައްކަން ޖެހޭނެ އެވެ.

މި ޕްރޮޖެކްޓުގެ ބީލަމާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނޯ އަންނަ މަހުގެ ދެވަނަ ދުވަހު ސިޓީ ކައުންސިލް އިދާރައިގަ އެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުގަ އެވެ.