ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!
ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!

ހދ. ނޭކުރެންދޫގައި ހާލުގައި އުޅޭ އާއިލާއެއްގެ ގެ ހަދައިދީ، އެ ގެއަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެ ރަށު ރައްޔިތުން ހޯދައިދީފި އެވެ.

ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!
ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!

އުމުރުން ފަންސާހަކަށް އަހަރުގެ މީހަކާއި އުމުރުން 10-12 އަހަރުގެ މާމަ ދެ ދަރިން މިހާރު އުޅެނީ، ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ކޮޓަރިއެއްގަ އެވެ. ވަރަށް ފަހުން ރަށަށް ބަދަލުވި އެ އާއިލާގެ އެހެން މީހުން އުޅެނީ މާލޭގައި ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ކުދިންގެ މަންމަ އުޅެނީ، ވަޒީފާ އަދާކުރަން އެހެން ރަށެއްގަ އެވެ.

ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!
ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!

ކައުންސިލުން ބުނި ގޮތުގައި އެ އާއިލާ އުޅެނީ ވަރަށް ހާލުގަ އެވެ. އަދި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު އެ މީހުން އުޅުނީ، ރަށުގެ އެކި މީހުންގެ ގޭގޭގައި ކަމަށް ބުންޏެވެ.

ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!
ހާލުގައި އުޅޭ އާއިލާއަކަށް، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ގެއެއް!

"އެ ގޭގައި ހަމައެކަނި ބޮތްކަކާއި ފަންކާއެއް ހުރީ. [އިލެކްޓްރޯނިކް] އިތުރު އެހެން އެއްވެސް އެއްޗެއް ނެތް،" ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގޭގައި ކައްކާ ކެވޭނެ ގޮތް ވެސް ހުރީ ވަރަށް ދަތިކޮށެވެ.

ކައުންސިލުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އާއިލާ ދިރިއުޅެމުން އަންނަ ގެ ހުރީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. އަދި ގޯތިތެރެ ވެސް އޮތީ ސާފުނުކޮށް އޮތުމުން ވަރަށް ބޮޑަށް ވާ ހެދިފަ އެވެ. ބޭނުންކޮށް، ހަލާކުވެފައި ހުރި ތަކެއްޗާއި ވިނަތަކުން ގޯތި ތެރެ އޮތީ ފުރިފަ އެވެ.

އެ ގޯތި ތެރޭގައި ހަދަން ފަށާފައި ހުރި ގެއެއް ވެސް ހުއްޓެވެ. ރައްޔިތުން އެހީތެރިވީ، އެ ގެ ނިންމައި، އެތަނަށް ބޭނުންވާ ތަކެތި ހޯދާށެވެ. ކައުންސިލުން ނިންމާފައިވަނީ ފާހާނައަކާ އެކު، ރަނގަޅު ފެންވަރަކަށް އެތަން ހެދުމަށެވެ. އަދި ހިފާ ގެންގުޅޭ ސާމާނު ހޯދައި، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެތަނަށް އާއިލާ ވެއްދޭވަރު ކުރާނެ ކަމަށް އަލީ ވިދާޅުވި އެވެ.