22 އެޕްރީލް 2021 - 12:46

ކަޑިޒް (22 އޭޕްރީލް) - ކަޑިޒް ކޮޅަށް ރޭ ޖެހި ދެ ގޯލާ އެކު ރެއާލްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒް ހަދާފައިވާ ރެކޯޑަކާ ކަރީމް ބެންޒެމާ އަރާ ހަމަކޮށްފި އެވެ.
ރޭގެ މެޗު މެޑްރިޑް ކާމިޔާބު ކުރީ 3-0 އިންނެވެ. ކަޑިޒް ކޮޅަށް ރޭ ލަނޑު ކާމިޔާބުކޮށް ބެންޒެމާ ވަަނީ ލަ ލީގާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު 35 ޓީމެއް ކޮޅަށް ލަނޑު ޖަހައިފަ އެވެ. ރެއާލްގައި ހޭދަކުރި 26 އަހަރުގައި ރައުލް އަށް ވެސް ލަނޑު ޖެހުނީ 35 ޓީމު ކޮޅަށެވެ. މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް އެ ރެކޯޑާ ހާސިލު ނުކުރެވުނެވެ.
ރޭގެ މެޗުގައި ރެއާލްގެ އަނެއް ލަނޑުކާމިޔާބު ކުރީ އަލްވާރޯ އޮޑްރިއޮޒޯލާ އެވެ. ބެންޒެމާގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ލިބުނު ޕެނލްޓީ އަކުންނެވެ. ލަ ލީގާގައި، ބެންޒެމާ ވަނީ 21 ލަނޑު ޖަހައިފަ އެވެ. ލަނޑުގެ ލިސްޓްގެ އެއް ވަނއިގައި އޮތް ލިއޮނެލް މެސީއާ ބެންޒެމާ އާ ދެމެދު ހުރީ ދެ ލަނޑުގެ ފަރަގެކެވެ.
މެޗުން މޮޅުވެ ރެއާލްގެ ޓީމު ވަނީ އެއް ވަނައަށް ޖެހިލައިފަ އެވެ. ކުރިން އެއް ވަނައިގައި އޮތް ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ދެ ޓީމަށް ވެސް 70 ޕޮއިންޓެވެ. ރެއާލްއަށް އެއް ވަނަ ލިބެނީ ހެޑް-ޓު-ހެޑް އުސޫލުންނެވެ.