މިއީ އެންމެ ހުތުރު ކުލަ ކަމަށް ގަބޫލުކުރަންތަ؟
މިއީ އެންމެ ހުތުރު ކުލަ ކަމަށް ގަބޫލުކުރަންތަ؟

ރީތި ހުތުރު ކަނޑައެޅުމުގައި ކުލައިގެ ދައުރު މުހިންމެވެ. ކޮންމެ މީހަކަށް ވެސް ރީތި ކުލަތަކާއި ހުތުރު ކުލަތައް ހުރެ އެވެ. އެކަމަކު ދިރާސާއަކަށް ފަހު ބުނެފައި ވަނީ މިއީ އެންމެ ހުތުރު ކުލަ ކަމަށެވެ.

މި ކުލައިގެ ކޯޑަކީ 448 ސީ އެވެ. މި ކުލަޔަށް "އޮޕޭކް ކޫޝް" އޭ ވެސް ކިޔަ އެވެ. މި ކުލަ ސިފަކުރުމަށް "ޑާޓީ" އާއި "ޓާ" އާއި "ޑެތު" ވެސް ބައެއް މީހުން ބޭނުންކުރާކަން ދިރާސާއިން އެނގިފައިވެ އެވެ.

ދުންފަތާ ދެކޮޅަށް އޮސްޓްރޭލިއާގައި ހިންގި ކެމްޕޭނެއްގައި ރިސާޗް އެޖެންސީއެއް ކަމަށްވާ ޖީއެފްކޭ އިން ވަނީ އެ ކުލައެއް ފެނުމުން މީހުން ފޫހިވެ، ފަކުރު ގަންނަ ކުލައެއް ދެނެގަތުމަށް މަސައްކަތްކޮށްފަ އެވެ. މި ކުލައެއް ދެނެގަންނަން ކުރި މަސައްކަތުން ފާހަގަވީ "އޮޕޭކް ކޫޝް" އެވެ.

މި ދިރާސާކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. މީހުން ފޫހިކޮށްލާ ހުތުރު ކުލައިގެ ގޮތުގައި ރިސާޗް އެޖެންސީން ބުނި ކުލަޔަކީ ހަމަ ހަގީގަތުގައި ވެސް ހުތުރު ކުލައެއް ކަމަށް މިހާރު ޔަގީންކުރެވެނީ ދުންފަތުގެ ބާވަތްތައް ލޭބަލް ނުކޮށް ވިއްކުމަށް ފަށާފައިވާ ކެމްޕޭނުގައި އެހެން ގައުމުތަކުން ވެސް ފޮށީގެ ކުލަޔަކަށް މި މި ކުލަ ހަމަޖައްސާފައި ވާތީ އެވެ. އެއީ ސިނގެރެޓް ހުންނަ ފޮށީގެ ކުލައިގެ ސަބަބުން ވެސް ބައެއް މީހުން އެއަށް ޝައުގުވެރިކަން ކުޑަވާކަން އޮސްޓްރޭލިއާގެ ތަޖުރިބާއިން އެނގިފައި ވާތީ އެވެ.

ހުތުރު މުށި ކުލައިން ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ބަހައްޓަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި އަޔަލެންޑް، ފްރާންސް އަދި އިނގިރޭސި ވިލާތް ވެސް ހިމެނެ އެވެ.