ޑިސްކޯޑަށް 10 ބިލިއަން ދޭން ބުނުމުން ވެސް ނުވިއްކި
ޑިސްކޯޑަށް 10 ބިލިއަން ދޭން ބުނުމުން ވެސް ނުވިއްކި

ޑިސްކޯޑް ގަންނަން މައިކްރޮސޮފްޓުން ޝައުގުވެރިކަން ފާޅުކޮށް 10 ބިލިއަން ޑޮލަރު ހޭދަކުރަން ތައްޔާރަށް އޮއްވައި އެ ނުވިއްކަން ނިންމައިފި އެވެ.

މައިކްރޮސޮފްޓްގެ އިތުރުން ޑިސްކޯޑް ގަންނަން ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި އެމެޒޯން އާއި "ފޯޓްނައިޓް" ނެރޭ އެޕިކް ގޭމްސް ވެސް ހިމެނެ އެވެ.

އިންސްޓެންޓް މެސެޖިން އާއި ޑިސްޓްރިބިއުޝަން ޕްލެޓްފޯމް ޑިޒައިނިން އަށް ހާއްސަ ޑިސްކޯޑް ވިއްކާލަން މަޝްވަރާތަކެއް ކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް އެ ކުންފުނިން ބުނީ އެއްވެސް ބަޔަކަށް ޑިސްކޯޑް ވިއްކައިލުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން މިނިވަން މުސްތަގިއްލު ކުންފުންޏެއްގެ ގޮތުގައި ދެމިއޮވެ، ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކުރާ ކުންފުންޏަކަށް ޑިސްކޯޑް ހެދުން ކަމަށް ބުންޏެވެ.

ޑިސްކޯޑަކީ މިހާރު ވެސް މަހެއްގެ މައްޗަށް 140 މިލިއަން މީހުން ބޭނުންކުރާ އެއްޗެކެވެ. މިދިޔަ އަހަރު ވެސް އާމްދަނީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިހާރު 27 ބަހުރުވައަކުން ލިބޭ ޑިސްކޯޑް ވުޖޫދަށް އައީ މެއި 13، 2005 ގަ އެވެ.