21 އެޕްރީލް 2021 - 11:32

ލަންޑަން (21 އޭޕްރީލް) - ކުރިގެ މިޑްފީލްޑަރު ރަޔާން މޭސަން ޓޮޓެންހަމްގެ ވަގުތީ ކޯޗުގެ މަގާމަށް ހަމަޖައްސައިފި އެވެ.
މި ސީޒަނުގެ ނިޔަލަށް އޭނާ ޓޮޓެންހަމްގެ ކޯޗުކަމުގައި ހުންނާނެ އެވެ. ޓޮޓެންހަމްގެ ކޯޗުގެ މަގާމު ހުސްވީ އެ ކުލަބުގެ ކޯޗްގެ މަގާމުގައި ހުރި ހޯޒޭ މޮރީނިއޯ ހޯމަ ދުވަހު މަގާމުން ވަކިކުރުމުންނެވެ. ހަމަ އެ ދުވަހު މޭސަން ވަނީ ކުލަބުގެ ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފަ އެވެ. މޭސަން، 29 ފުޓްބޯޅަ ކުޅުން ހުއްޓާލީ 2018 ގައި ކުރިމަތިވި ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ. ކުޅުން ހުއްޓާލުމަށް ފަހު އޭނާ މަސައްކަތް ކުރަމުން އައީ ކުލަބުގެ އެކެޑެމީގަ އެވެ.
"މި ކުލަބު ދެކެ އަހަރެން ލޯބިވާކަން އެއީ އެއްވެސް މީހަކަށް ނޭނގި އޮންނާނެ ކަމެއް ނޫން،" ވަގުތީ ކޯޗުކަމާ ރަސްމީކޮށް ހަވާލު ވުމަށް ފަހު މޭސަން ބުންޏެވެ. "އަހަރެންގެ އުމުރުން 29 އަހަރު ވީއރު 20 އަހަރު ހޭދަ ކުރީ މި ކުލަބުގައި.
މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޓޮޓެންހަމް ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މޭސަންގެ ކޯޗުކަމުގެ ދަށުން ލީގު ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އަންނަ އާދިއްތަ ދުވަހު އޮންނާނެ އެވެ. މޭސަންގެ ފުރަތަމަ މެޗަށް ވަނީ ޕްރިމިއާ ލީގުގައި މިރޭ ސައުތުހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.