އުއްތަމަ ފަނޑިޔާރުގެ މަންމާފުޅު އަވަހާރަވެއްޖެ
އުއްތަމަ ފަނޑިޔާރުގެ މަންމާފުޅު އަވަހާރަވެއްޖެ

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ މަންމާފުޅު މ. ގުލްފާމުގޭ ނަސީމާ އިބްރާހިމް މިރޭ އަވަހާރަވެއްޖެ އެވެ.

އެކަމަނާގެ ދަރިކަލުން، ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާން ވިދާޅުވީ މަންމާފުޅު، 81 އަހަރުފުޅުގައި އަވަހާރަވީ މިރޭ 10:30 ހާއިރު، މާލޭގައި ކަމަށެވެ.

ނަސީމާ އަކީ އެޓާނީ ޖެނެރަލްކަމާއި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި އަދުނާން ހުސެއިންގެ އަނބިކަނބަލުންނެވެ.

ނަސީމާ އަވަހާރަވީ ވަަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ނަސީމާގެ ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.