"ދަަ އައިލެންޑް ސެޝަން" ގެ މެއިން ސްޕޮންސަރަކަށް އުރީދޫ
"ދަަ އައިލެންޑް ސެޝަން" ގެ މެއިން ސްޕޮންސަރަކަށް އުރީދޫ

ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތް ކުރާ ދަ އީކޯ އޯގުން ބާއްވާ ވާޗުއަލް ޓޯކް ސީރީޒް، "ދަ އައިލެންޑް ސެޝަން" ގެ މެއިން ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

މި ވާޗުއަލް ޓޯކް ސީރީޒްގައި، ދުނިޔޭގައި މަޝްހޫރު ކާމިޔާބު ވިޔަފާރިންނާއި އިންވެސްޓަރުންނާއި ރިސާޗަރުންނާއި އެސްޕާޓުން އެކި މައުލޫއުތަކަށް ވާހަކަ ދައްކާނެ އެވެ. އަލަށް ވިޔަފާރިއެއް ފެށުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި އަލަށް ތައާރަފުވާ ޓެކްނޮލޮޖީތަކާ ގުޅޭ ގޮތުން މި ސެޝަންގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި އިވެންޓް ބާއްވަނީ ކްރޮސްރޯޑްސްގެ "ޔުއާ ސްޕޭސް" އާ ގުޅިގެން "ދަ އައިލެންޑް ލެބް" އިންނެވެ. މި އިވެންޓް އޮންލައިންކޮށް ސްޓްރީމް ކުރެވޭ އިރު އާންމުނަށް ހިލޭ ބަލައިލެވޭނެ އެވެ.

އަންނަ މަހުގެ 11 ގައި ފަށާ ދަ އައިލެންޑް ސެޝަންގައި، ކޮވިޑަށް ފަހު އެންޓަޓެއިންމެންޓް އިންޑަސްޓްރީ އަށް އައި ބަދަލުތަކާއި އިންޑަސްޓްރީގެ އާ ޓްރެންޑްތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ދޭނެ އެވެ. މި ސެޝަންގައި ހޮލީވުޑްގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ބިލް ލިޝަކް ބައިވެރިވާނެ އެވެ.