20 އެޕްރީލް 2021 - 12:08

ކޮވިޑު-19 ގައި އިތުރު މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 71 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެެނަކު ރޭ 11:25 ގައި މަރުވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑުގައި އެންމެ ފަހުން މަރުވީ، ހަލުއިކަމާއެކު ބަލި ފެތުރެމުންދާ ކ. ދިއްފުއްޓަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އެއީ، އެ ކްލަސްޓާއާ ގުޅުންހުރި މީހެއްކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރީލް 29، 2020 ގަ އެވެ. އޭގެ ފަހުން ފާއިތުވި އެއް އަހަރުގެ ތެރޭގައި 71 މީހުން މަރުވެފައި ވެ އެވެ.