20 އެޕްރީލް 2021 - 10:44

ލީޑްސް (20 އޭޕްރީލް) - ޔޫރަޕިއަން ސުޕަ ލީގާ ހެދި އާންމުން މިހާރު އޭނާގެ ޓީމަށް މަލާމާތްކުރަން ފަށައިފި ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލަކީ، އާދިއްތަ ދުވަހުގެ ރޭ އިއުލާން ކުރި ސުޕަ ލީގުގެ ފައުންޑިން މެންބަރެކެވެ. ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅު ލިޑްސް ޔުނައިޓެޑުން، ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިލި މެޗަށް ފަހު ކްލޮޕް ބުނީ އޭނާ ޝާމިލުވާ ކަމެއްގައި ނަމަ ފާޑުކިއުން އޭނާ ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް މިހާރު އިއުލާންކޮށްގެން އުޅޭ ސުޕަ ލީގަކީ އޭނާ އާއި ލިވަޕޫލްގެ ކުޅުންތެރިންނާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ކްލޮޕް ބުންޏެވެ އެވެ.
ލީޑްސްގެ ހޯމް ދަނޑުގައި ކުޅުނު މެޗުގެ ކުރިން ލީޑްސް އިން ވަނީ ސުޕަ ލީގާ، ދެކޮޅުކަން ލިވަޕޫލަށް ހަނދާން ކޮށްދީފަ އެވެ. ސުޕަ ލީގާ ދެކޮޅުކަން ހާމަކޮށްފައިވާ ޓީޝާޓްތައް ލިވަޕޫލްގެ ޗޭންޖިން ރޫމުގައި ލިޑްސްއިން ބެހެއްޓި އެވެ.
ސެޑިއޯ މާނޭ، ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑް ނަގައިދީފައި ވަނިކޮށް، މެޗުގެ ފަހު ވަގުތުގައި ލިޑްސްއަށް 1-1 ން ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިއޭގޯ ޔޮރެންޓޭ އެވެ.
ޗެމްޕިއަންސް ލީގް ޖާގައެއް ހޯދަން އުންމީދުކޮށްގެން ތިބި ލިވަޕޫލަށް މެޗު އެއްވަރުވުމުން ހުރަސްތަކެއް ވަނީ ކުރިމަތި ވެފަަ އެވެ. ޗެމްޕިއަންސް ލީގްގެ ޖާގައެއް ހަގީގަތުގައިވެސް ލިވަޕޫލް ބޭނުންވޭތޯ އެވެ. ޗެމްޕިއަންސް ލީގަށް ގޮންޖައި މިހާރު އިއުލާން ކޮށްފައިވާ ޔޫރަޕިއަން ސުޕަ ލީގު ޕްރަމޯޓް ކުރުމަށް ލިވަޕޫލްގެ ވެރިން ތިބީ ޔޫރަޕްގެ ވަރުގަދަ އަނެއް 11 ކުލަބާ އެކު އަތު ގުޅައިލައިގެންނެވެ.
"އަހަރެމެން ލީޑްސްގެ މަގުމަތީގައި ހިނގާލާފައި އުޅުނު އިރު މީހުން އަހަރެމެންނާ ދިމާލަށް ހަޅޭއްލައްވައި މަލާމާތްކުރޭ. އެކަމަކު އެއީ އަހަރެމެން ކުރި ކަމެއްގެ ސަބަބަކުން ނޫން،" ސުޕަ ލީގުގެ ހިޔާލަށް ތާއީދު ނުކުރާ ކްލޮޕް، މެޗަށް ފަހު ބުންޏެވެ. "އަހަރެން ޝާމިލުވާ ކަންކަމުގައި ކުރިމަތިވާ ފާޑުކިޔުންތަކުގެ ޒިންމާ އަހަރެން ނަގަން. އެކަމަކު މިހާރު މި އުޅޭ ކަންކަންކަމަކީ އަހަރެމެންނާ ގުޅުން ހުރި ކަންތައްތަކެއް ނޫން."
މެޗަށް ފަހު ވާހަކަ ދައްކަމުން ލީޑްސްގެ ކޯޗް މާސެލޯ ބިއެލްސާ ބުނީ، ސުލަ ލީގާ ހެދި ފުޓްބޯޅައަށް ގެއްލުންވާނެ ކަމަށެވެ.
"ފުޓްބޯޅައަކީ އެންމެގެ ކުޅިވަރެއް ކުލަބުތަކުގެ ވެރިންގެ ވެސް ކުޅިވަރެއް. ކުލަބުތަކުގެ ބޭޖު ދެކެ ލޯބިވާ އޯނަރުންނަކީ ހަގީގަތުގައި އަސްލު އޯނަރުންނަކީ،" ބިއެލްސާ ބުންޏެވެ. "އެ މީހުންނާ ނުލައި ފުޓްބޯޅައެއް ނޯންނާނެ. ހިނގާ ބަލަމާ ސަޕޯޓަރުންގެ ފަހަތުގައި ތިބީ ކޮން އޯނަރުންނެއްތޯ."