ޝެފީލްޑް ޔުނައިޓަޑް ރެލިގޭޓްވެއްޖެ، ނޯވިޗް އަލުން ޕްރިމިއާ ލީގަށް
ޝެފީލްޑް ޔުނައިޓަޑް ރެލިގޭޓްވެއްޖެ، ނޯވިޗް އަލުން ޕްރިމިއާ ލީގަށް

ލަންޑަން (18 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 1-0 އިން ބަލިވެ، ޝެފީލްޑް ޔުނައިޓަޑް ރެލިގޭޓްވެއްޖެ އެވެ. ޝެފީލްޑް ޔުނައިޓަޑް އިނގިރޭސި ލީގު ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ދުވަހު، ނޯވިޗް ސިޓީ ވަނީ އަލުން ޕްރިމއިާ ލީގަށް ޕްރޮމޯޝަން ހޯދައިފަ އެވެ.

އިނގިރޭސި ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓަޑް އަތުން ނިއުކާސަލް މޮޅުވުމުން، މެޗުން ބަލިވެއްޖެ ނަމަ ރެލިގޭޝަނާ ކުރިމަތިލާންޖެހޭނެކަން ޝެފީލްޑަށް އޮތީ އެނގިފަ އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި ޖެހީ ވިލިއަން ޖޯސޭ އެވެ. މިއީ ވުލްވްސްއާ ގުޅުނު ފަހުން އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މިދިޔަ ސީޒަންގައި ރެލިގޭޓްވި ނޯވިޗް ސިޓީ އަލުން ޕްރިމިއާ ލީގުން ޖާގަ ކަށަވަރުވީ، އިނގިރޭސި ލީގު ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތަކުން ސްވަންސީ އާއި ބްރެންޓްފޯޑް މޮޅުނުވުމުންނެވެ. މި ހަފުތާގެ މެޗުތައް ފެށިއިރު، ޕްރިމިއާ ލީގަށް ޕްރޮމޯޝަން ކަށަަވަރުކުރުމަށް ފަސް މެޗުން ނޯވިޗަށް ބޭނުންވެފައި އޮތީ ދެ ޕޮއިންޓެވެ. އެކަމަކު ސްވަންސީ އާއި ބްރެންޓްފޯޑް މޮޅުނުވުމުން، މެޗު ނުކުޅެނީސް ނޯވިޗަށް ވަނީ ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުވެފަ އެވެ.

ޝެފީލްޑް ޔުނައިޓަޑްގެ ވަގުތީ ކޯޗު ޕޯލް ހެކިންބޮޓޮމް ބުނީ ނޯވިޗް އަކީ ޝެފީލްޑުން މިސާލަކަށް ނަގަންޖެހޭ ޓީމެއް ކަމަށެވެ. އަދި މިހާރު ޝެފީލްޑްގައި ތިބި ކުޅުންތެރިން ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ނޯވިޗް އާއި ބޯންމައުތު ވެސް ވަރަށް ރަނގަޅަށް އެ އޮތީ އެ ދެ ޓީމުން ވެސް ކުޅުންތެރިން ހިފެހެއްޓީމަ، އަހަރަމެން ވެސް ބަލަންވީ މިހާރު ތިބި ކުޅުންތެރިން ޓީމުގައި ހިފަހައްޓަން،" ހެކިންބޮޓަމް ބުންޏެވެ. -- އޭއެފްޕީ