މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ
މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ

ފަހަކަށްއައިސް އިންސްޓަގްރާމް ނުވަތަ ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ސައިޓުތަކުގައި އެންމެ ގިނައިން ފެންނަ ލިޕްސްޓިކަކީ މެޓް ލިޕްސްޓިކް އެވެ. މެޓް ލިޕްސްޓިކަކީ އިހުގެ ހޮލީވުޑް ތަރިން އެންމެ ގިނައިން ބޭނުންކުރި މޭކަޕް ޕްރޮޑަކްޓެވެ. މިހާރުވެސް މިލިޕްސްޓިކަކީ ޖައްސާލުމުން ސިފަ ރީތިކޮށްދޭ ޒަމާނީ ސްޓައިލެއްގެ އެއްޗެކެވެ. މެޓް ލިޕްސްޓިކް ލިކުއިޑްކޮށް ނުވަތަ "ބުލެޓް" ކޮށް ވެސް ލިބެންހުރެ އެވެ. މިއީ ކޮންމެ މުނާސަބަތަކަށް ވެސް ގުޅޭ ރީތި ވައްތެރެކެވެ. ނަމަވެސް، މެޓް ލިޕްސްޓިކް ބޭނުންކުރާއިރު ބައެއް ކަންތައްތަކަށް ސަމާލުވާންޖެހެ އެވެ.

މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ
މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ

މެޓް ލިޕްސްޓިކްގެ ލިކުއިޑް ވައްތަރަކީ ތުންފަތުގައި ޖެއްސުމުން ތުންފަތުގެ ހަންގަނޑު އަވަހަށް ހިއްކާލާ ޕްރޮޑަކްޓެކެވެ. ވީމާ، މިވައްތަރުގެ ލިޕްސްޓިކް ބޭނުންކުރާ ނަމަ ތުންފަތުގެ ހަންގަނޑަށް އިތުރު ސަމާލުކަމެއް ދިނުން މުހިންމެވެ. ލިޕްސްޓިކް ޖެއްސުމުގެ ގަޑިއިރެއް ނުވަތަ ބައި ގަޑިއިރު ކުރިން ތުންފަތް އެކްސްފޯލިއޭޓު ކޮށްލާށެވެ.

މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ
މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ

އެކި ބިއުޓީ ބްރޭންޑްތަކުން "ލިޕް އެކްސްފޯލިއޭޓިން ސްކްރަބްސް" އުފައްދަ އެވެ. ނަމަވެސް، އިތުރު ހަރަދުތަކެއް ނުކޮށް އަމިއްލައަށް ލިޕް ސްކްރަބެއް ތައްޔާރު ކޮށްލެވިދާނެ އެވެ. ޒައިތޫނި ތެޔޮ، ހަކުރު އަދި މާމުއި އެއްކޮށްފައި ތުންފަތުގައި އުނގުޅާލާށެވެ. މި ގުދުރަތީ އެކްސްފޮލިއޭޓިން ސްކްރަބް ތުންފަތުގެ ހަންގަނޑު އޮމާންކޮށްދީ، މަރުވެފައި ހުންނަ ސެލްތައް ނައްތާލަ އެވެ. މީގެއިތުރުން ދަތް އުނގުޅާ ބުރުސް ތުންފަތުގައި މަޑުމަޑުން އުނގުޅާލުމުން ވެސް ތުންފަތުގެ ހަންގަނޑު އޮމާންވާނެ އެވެ.

މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ
މެޓް ލިޕްސްޓިކް ޖައްސާއިރު މި ކަންކަމަށް ސަމާލުވޭ

ސްކްރަބެއް ބޭނުންކޮށްގެން އެކްސްފޯލިއޭޓް ކުރި ނަމަ ތުންފަތް ފެންކޮޅަކުން ދޮވެލާށެވެ. އަދި ހިއްކާލުމަށް ފަހު ރަނގަޅު ބްރޭންޑެއްގެ ލިޕް ބާމެއް ތުންފަތުގައި ޖައްސާލާށެވެ. މަޝްހޫރު މޭކަޕް ބްރޭންޑް އެނެސްޓޭޝިއާ ބެވާލީ ހިލްސް އުފެއްދި އެނެސްޓޭޝިއާ ބުނާގޮތުގައި "ވެކްސް ބޭސްޑް" ލިޕް ބާމެއް އުނގުޅާލުމަށް ފަހު ލިކުއިޑް ލިޕްސްޓިކް ޖެއްސުން މުހިއްމެވެ.

ލިޕްސްޓިކްގެ ކުލަ ގަދަކޮށް އެއްވަރަށް ދައްކާލަން ބޭނުން ނަމަ، އެމީހެއްގެ ހަންގަނޑާ ގުޅޭ ކޮންސީލާއަކުން ތުންފަތް މަތީގަ އާއި ކައިރީގައި ހެޔޮވަރުކޮށް ޖައްސާލާށެވެ. އެއަށްފަހު ލިޕްސްޓިކް އެއްވަރަށް ޖައްސާލާށެވެ. މެޓް ލިޕްސްޓިކް ޖެއްސުމަކީ ވަރަށް ސަމާލުކަމާ އެކު ކުރަންޖެހޭ ކަމެކެވެ. ވީމާ، ބައެއްފަހަރާ ތުންފަތުގެ ބައްޓަމާއި އެއްވަރަށް ނުޖެއްސިދާނެ އެވެ. ތުންފަތުން ބޭރުގައި ކުލަ އުނގުޅިއްޖެ ނަމަ، ކަފަބުރެއް ބޭނުންކޮށްގެން ކުލަ ފޮހެލުމަށް ފަހު ކޮންސީލާއަކުން އެތަނުގެ މަތީގައި ޖައްސާލާށެވެ.

ލިޕްސްޓިކް ޖައްސާލުމުގެ ކުރިން އެއްކުލައެއްގެ ލިޕް ލައިނާއަކުން ތުންފަތުގެ ބައްޓަމަށް ކުރަހާލާށެވެ. ލިޕް ލައިނާއެއް ޖައްސާލުމުން ލިޕްސްޓްކްގެ ކުލަ ނުފޭދި ގިނައިރު ވަންދެން ހުންނާނެ ކަމަށް މޭކަޕްގެ މާހިރުން ބުނެ އެވެ.

އޮފީހުގަ ނުވަތަ ޕާޓީއެއްގައި ވިޔަސް ލިޕްސްޓިކް "ރީއެޕްލައި" ނުވަތަ އަނެއްކާވެސް ޖައްސާލަން ބޭނުންވެއްޖެ ނަމަ ޓިޝޫ ކޮޅަކުން ފުރަތަމަ "ބްލޮޓް" ކޮށްލާ ނުވަތަ މަޑު މަޑުން ތުންފަތުގައި ޖައްސާލާށެވެ. އެއަށްފަހު ތުންފަތުގައި ލިޕްސްޓިކް ޖައްސާލާށެވެ. އާއްމުކޮށް މިއީ "ބުލެޓް" ވައްތަރުގެ މެޓް ލިޕްސްޓިކް ޖައްސާ ނަމަ ކޮށްލެވޭނެ ކަމެކެވެ. ނަމަވެސް، މެޓް ލިޕްސްޓިކްގެ ލިކުއިޑް ވައްތަރު އެންމެ ފަހަރަކު ޖައްސާލުމުން ގިނައިރުވަންދެން ނުފޭދި ހުންނާނެ އެވެ.

މެޓް ލިޕްސްޓިކްގެ ލިކުއިޑް ވައްތަރުތަކަކީ އެއްފަހަރު ޖައްސާލުމުން، މުޅި ދުވަހު ތުންފަތުގައި ކުލަ ހުންނަ ބާވަތެކެވެ. އެހެންކަމުން، މިފަދަ ބާރުގަދަ ލިޕްސްޓިކެއް ފޮހެލުމަކީ ވެސް އެހާމެ އުނދަގޫ ކަމެކެވެ. ޒައިތޫނި ތެޔޮ ނުވަތަ "ބޭބީ އޮއިލް" ބޭނުންކޮށްގެން ލިޕްސްޓިކް ފަސޭހައިން ފޮހެލެވިދާނެ އެވެ.