ކޮވިޑް-19 އަށް މިއަދު 124 މީހުން ޕޮޒިޓިވް، ގިނައީ މާލެ ސަރަހައްދުން
ކޮވިޑް-19 އަށް މިއަދު 124 މީހުން ޕޮޒިޓިވް، ގިނައީ މާލެ ސަރަހައްދުން

ކޮވިޑް-19 އަށް މިއަދު 124 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 73 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި އަތޮޮޅު ތެރެއިން 33 މީހަކު އަދި ރިސޯޓްތަކުން 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 26،145 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 23،000 އަށް ވުރެ ގިނަ މީހުުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 2،500 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެނީ 53 މީހަކަށެވެ.

ކޮވިޑް-19 ގައި ރާއްޖެއިން 69 މީހަކު ވަނީ މަރުވެފަ އެވެ.