17 އެޕްރީލް 2021 - 21:54

މާލޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ފަސް ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ރޭ މާލޭގައި އަންހެނަކު ރޭޕްކުރީ އުފުލާލައިގެން ގޮސް ގަދަކަމުން ގެއަކަށް ވެއްދުމަށް ފަހު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުން ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުގައި ބައިތިއްބަން އަމުރުކުރީ އެ މީހުންނަށް ތުހުމަތު ކުރެވޭ ކުށާ ކޮންމެވެސް ވަރަކަށް ގުޅުވާލެވޭ ހެކި ހުށަހަޅާފައިވާތީ މުޖްތަމައުގެ ސަލާމަތަށްޓަކަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެެފައިވެ އެވެ.