ރަސްމީ ދަތުރެއްގައި މިނިސްޓަރު ޝާހިދު އިންޑިއާ އަށް ވަޑައިގެންފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ޝާހިދު އިންޑިއާ އަށް ވަޑައިގެންފި

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.

އެ މިނިސްޓްރީން ބުނީ ދެ ދުވަހުގެ ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

އޭގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ބުންޏެވެ.

އިޖުތިމާއި، އިގުތިސޯދީ އަދި ސިޔާސީ ކަންކަމަށް ހާއްސަކޮށްގެންވާ ބާއްވާ ބަދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ވެސް ޝާހިދު އިންޑިއާ އަށް ވަޑައިގަތެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝާހިދު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ވެސް އިންޑިއާ އެވެ. މިއީ އެ ގައުމަށް އޭނާ ކުރައްވާ ރަސްމީ ހަތް ވަނަ ދަތުރެވެ.