އުރީދޫން މި އަހަރު ވެސް ރޯދަ އޮފާތަކެއް
އުރީދޫން މި އަހަރު ވެސް ރޯދަ އޮފާތަކެއް

އެހެން ރޯދަ މަސްތަކާ އެއްގޮތަށް މިއަހަރު ވެސް އުރީދޫ އިން ރޯދަ މަހަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން ސުޕަނެޓް ރައުޓަރެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް 40 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. މި ރައުޓާތައް އުރީދޫގެ "މޫލީ" މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ގަނެވޭނެ އެވެ. މި ޕްލެޓްފޯމުން ގަންނަ ތަކެތި ހިލޭ ކޮންމެ ރަށަކަށް ވެސް ޑެލިވަރީ ކޮށްދޭނެ އެވެ.

މި އަހަރު ވެސް އުރީދޫން ވަނީ ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެގޮތުން، އެ ކުންފުނީގެ އެޕްލިކޭޝަނުގެ "އެމްފައިސާ" މެދުވެރިކޮށް އަދި ޕްރިޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދެއްކޭނެ އެވެ.

ޕްރިޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދެއްކުމަށް *909# އަށް ޑައިލް ކުރުމުން ޒަކާތް ދެއްކޭނެ އެވެ.

ނަމާދު ވަގުތު ހަނދާންކޮށްދިނުމަށް އުރީދޫ އިން ވަނީ ވައިބާ މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލާޓް ލިބޭ ހިދުމަތެއް ވެސް ތައާރަފުކޮށްފަ އެވެ. މި ހިދުމަތާ އެކު ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނީ އެކަމާ ގުޅޭ ވައިބާ ސްޓިކާ ޕެކް ޑައުންލޯޑްކޮށްގެންނެވެ.

ވައިބަ ބޭނުން ނުކުރާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އެއީ "GO" ޖެހުމަށްފަހު 4777 އަށް އެސްއެމްއެސް ކޮށްގެންނެވެ. އޭރުން ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ލިބޭނެ އެވެ.

މީގެ އިތުރުން އުރީދޫ ރީތި ޓިއުންސް މެދުވެރިކޮށް ގުރުއާނުގެ އާޔަތްތަކާއި މަދަހަ ހިލޭ އަޑުއަހާލެވޭނެ އެވެ. އެގޮތުން "Ramadan" ޖެހުމަށްފަހު 4000 އަށް އެސްއެމްއެސް ކުރުމުން އެ ހިދުމަތް ލިބޭނެ އެވެ.