ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ: ރައީސް
ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ: ރައީސް

ރައީސް: ސަރުކާރެއްގައި ތިއްބާ އިންތިހާބެއްގައި ނުކުންނަ ނަތީޖާ އަކީ، އެއީ ކާމިޔާބު ވިޔަސް ނާކާމިޔާބު ވިޔަސް އެއީ ސަރުކާރާ ގުޅުން އޮތް އެއްޗެއް. މާލޭ ސިޓީން ލިބުނު ނާކާމިޔާބު ވެސް އެކަން އެއީ ސަރުކާރާ ގުޅުން އޮތް ކަމެއް.

ރައީސް: މެޑަމް ފާތުންގެ ސިޓީއެއް ލިބިފައި އެބައޮތް އަޅުގަނޑަށް. އަދި ހަތަރު ވަރަކަށް ދުވަސްކުރިން އަޅުގަނޑަށް ޕީޕީއެމް ލިޑަޝިޕްގެ ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިން. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުން. ކަމާ ބެހޭ ފަރާތްތަކާ އަޅުގަނޑު ވާހަކަ ދައްކަމުން މިދަނީ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނުވާނެ.

ރައީސް: ވެންޓިލޭޓަރަކަށް ނުވަދެވޭނެ އަޅުގަނޑުމެންގެ ދެ މީހުންގެ ދޭތެރެއަކަށް. އެކަމަކު ރައީސް ނަޝީދާ އަޅުގަނޑާ ހިޔާލު ތަފާތުވާ ކަންކަން އަންނާނެ. އެކަމަކު ޕާޓީއަކަށް ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން ދެ މީހުން ނުކުރާނެ.

ރައީސް: މާލޭ ސިޓީގައި ހުރި މައްސަލަތައް އަޅުގަނޑުމެންނަށް އެނގޭ. އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެކަމަށް އަޅުގަނޑުމެންގެ އަމާޒެއް އޮތް ކަން ކެމްޕޭންގެ ވައުދުތަކުން އެނގޭނެ. އެކަމަކު ރައްޔިތުންގެ ކަންބޮޑުވުން ހުރީ އަޅުގަނޑުމެން ވިސްނިވަރަށް ވުރެ ވެސް މާބޮޑަށް. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވުރެއް. މި ސަރުކާރުން ކައުންސިލްތަކަށް ބާރު ދޭނެ ކޮންމެ ޕާޓީއަކަށް އަގުލަބިއްޔަތު އޮތް ނަމަވެސް. ކޮންް ޕާޓީއެއްތޯ އެއް އަޅުގަނޑުމެންނެއް ނުބަލާނަން. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދޭނަން.

ރައީސް: ކޮރަޕްޝަނާ ބެހޭގޮތުން އުފެދޭ ކޮންމެ ސުވާލެއްގެ ޖަވާބު ހޯދަން އަޅުގަނޑު މަސައްކަތް ކުރާނަން. ކޮރަޕްޝަން ފިލުވާލަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. ކޮރަޕްޝަނަކީ ޒަމާނުއްސުރެ އޮތް ކަމެއް. އެކަންކަން އިސްލާހު ކުރުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން.

ރައީސް: ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް ކުރެވުނީ ކޮން ކަމެއްތޯ އެބަ ބަލާލަން އެބަ ޖެހޭ. މަޖިލީހުގެ ބޮޑު މެޖޯރިޓީ އާއި ސަރުކާރާ އެކު މި އައި ބަދަލު އަޅުގަނޑުމެން އެބަ ޖެހޭ ބަލާލަން. އެކަންކަން އަޅުގަނޑުމެން ބަލާނަން.

ރައީސް: މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ. އެކަން އެނގޭނީ ދިރާސާތަކަށް ފަހު. އެކަމަކު ބޯހިޔާވަހިކަމާއި ކޮވިޑްގެ ރެސްޓްރިކްޝަންގެ އަސަރު މާލެ އަށް ހުރިކަން އެނގޭ. ހާއްސަކޮށް ކެފޭ/ ރެސްޓޯރަންޓްތަކަށާއި އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރިކަން އެނގޭ. އަޅުގަނޑުމެން އެކަން ކުރީ އޭރު އެއީ މުޅި ގައުމުގެ ފައިދާ އަށް ބަލައިގެން. އޭގެ އިތުރުން ކޮރަޕްޝަނާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި މަރުގެ ހަގީގަތްތައް ހޯދުމުގައި ލަސްވުން އެއީ ވެސް ކަންބޮޑުވުމެއް.

ރައީސް ވިދާޅުވީ މިހާތަނަށް ގުނި ވޯޓުތަކުގެ ތެރެއިން 43 ޕަސެންޓް ސީޓް ކާމިޔާބު ކުރި ކަމަށް. އަދި 92 ޕަސެންޓް ވޯޓު ގުނި އިރު އޭގެ ތެރެއިން 49 ޕަސެންޓް އެމްޑީޕީން ކާމިޔާބު ކުރި ކަމަށް. ރައީސް ވިދާޅުވީ އެއީ މިޑްޓާމް އިލެކްޝަނެއްގައި އެއްވެސް ސަރުކާރަކަށް ލިބިފައިވާ ކާމިޔާބެއް ނޫން ކަމަށް. އެކަމަކު ވިދާޅުވީ މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ވޯޓުގެ ނަތީޖާ އިން އެނގިވަޑައިގެންފައިވާ ކަމަށާއި އެކަންކަމަށް ކުރިއަށް އޮތްތާނގައި އެޑްރެސް ކުރައްވާނެ ކަމަށް.

މިޑް ޓާމް އިލެކްޝަނެއްގައި ސަރުކާރަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ރައީސް ނޫސްވެރިންނާ މިހާރު ރައީސް އޮފީހުގައި ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

(ތަފުސީލު އަންނަނީ)