10 އެޕްރީލް 2021 - 22:22

ކޮވިޑް-19 އަށް މުޅި ރާއްޖެއިންް މިއަދު ޕޮޒިޓިވްވެފައި ވަނީ 88 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2664 ސާމްޕަލުގެ ތެރެއިން ޖުމްލަ 88 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 37 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 31 މީހެކެވެ. އަދި ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީތަކުންނާއި ސިނާއީ ރަށްރަށުން މިއަދު އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ.
އެކްޓިވްް ކޭސްތަކުގެ އަދަދު މިހާރު 3019 ގައި އުޅޭއިރު އޭގެ ތެރެއިން 78 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުގަ އެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ފަހުން މިއަދާ ހަމައަށް ޖުމްލަ، 25،524 މީހަކަށް ބަލި ޖެހިފައިވެ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 22،429 މީހެކެވެ. ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 67 މީހެކެވެ.