އަޑުގަދަކުރުމުން ވޯޓުލާ މަރުކަޒަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އަޑުގަދަކުރުމުން ވޯޓުލާ މަރުކަޒަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވިލިމާލޭގެ ވޯޓުލާ މަރުކަޒަކަށް ވަދެ، އަޑުގަދަ ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، މުހިއްޔިއްދީން ސްކޫލުގައި ހުރި ވޯޓު މަރުކަޒުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައި ވަނީ ހަވީރު 4:20 ގައި ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވޯޓުލާން ވަނުމަށް ފަހު އަޑުގަދަކުރުމުންނެވެ.

އެއީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމުން، އާއިލާއާ ވާހަކަ ދެއްކުމަށް ފަހު ދޫކޮށްލާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުލުން މިހާރު ކުރިއަށް ގެންދާއިރު މިހާތަނަށް މާބޮޑު ހަމަނުޖެހުމެއް އެެއްވެސް މަރުކަޒެއްގައި ހިނގާފައެއް ނުވެ އެވެ.