ލަންކާގެ ރީތީގެ ރާނީ، ތާޖު ދޫކޮށްލައިފި
ލަންކާގެ ރީތީގެ ރާނީ، ތާޖު ދޫކޮށްލައިފި

ކޮލަމްބޯ (އެޕްރީލް 10) - މިސިޒް ސްރީ ލަންކާގެ މަގާމަށް ހޮވުނު ޕުޝްޕިކާ ޑި ސިލްވާ އަތުން ސްޓޭޖް މަތީގައި ރީތީގެ ރާނީގެ ތާޖް އަތުލި ސަބަބު ދިފާއު ކުރުމަށް ފަހު، އެންމެ ފަހުގެ މިސިޒް ވޯލްޑް ކެރޮލީން ޖޫރީ އޭނާގެ ރީތީގެ ރާނީގެ ތާޖް ދޫކޮށްލައިފި އެވެ.

ލަންކާގެ ރީތީގެ ރާނީ، ތާޖު ދޫކޮށްލައިފި
ލަންކާގެ ރީތީގެ ރާނީ، ތާޖު ދޫކޮށްލައިފި

ވީޑިއޯ މެސެޖެއްގައި ޖޫރީ ބުނީ ސްޓޭޖުގައި ޕުޝްޕިކާ އަތުން ތާޖު އަތުލީ ވަކި މީހަކާ މެދު ހިތްހަމަ ނުޖެހުން އޮވެގެން ނުވަތަ ވަކި އެޖެންޑާއެއް އޮވެގެން ނޫން ކަމަށެވެ. އެކަމަކު އޭނާގެ ބޭނުމަކީ މުބާރާތުގައި ވާދަކުރާ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު ދިނުން ކަމަށް ބުންޏެވެ.

ލަންކާގެ ރީތީގެ ރާނީ، ތާޖު ދޫކޮށްލައިފި
ލަންކާގެ ރީތީގެ ރާނީ، ތާޖު ދޫކޮށްލައިފި

"ވަކީ މީހަކަށް ތާއީދެއް ނުކުރަން. އަޅުގަނޑު އަބަދުވެސް ހުންނާނީ ރަނގަޅު ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭ ކަންކަން ދިފާއު ކުރުމުގައި. ގާނޫނާއި ގަވާއިދުގެ އެންމެންނަށް ހަމަހަމަވާން ޖެހޭނެ،" ޖޫރީގެ މެސެޖްގައި ފާހަގަކުރި އެވެ.

ޖޫރީ ބުނީ އޭނާގެ ކަންބޮޑުވުން އެންމެ ފުރަތަމަ މަރުހަލާ އިން ފެށިގެން ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެހެންވެ އޭނާގެ އަޑު ނޭހުމުން މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުން ވެސް ވަކިވި ކަމަށް ބުންޏެވެ. އަދި ކަމަބެހޭ ފަރާތްތަކުން އަޅާނުލުމުން އެންމެ ފަހު ވަގުތު އޭނާ އަށް ޖެހުނީ ސްޓޭޖަށް އަރައި ހުރިހާ ބައިވެރިންނަށް ހަމަހަމަކަމާ އެކު އިންސާފު ހޯދައިދޭނެ ކަމަށް ބުންޏެވެ.

ވީޑިއޯ ނިންމާލަމުން ޖޫރީ ވަނީ އޭނާގެ ބޮލުގައި އަޅާފައިވާ ރީތީގެ ރާނީގެ ތާޖް ނަގައިފަ އެވެ. އަދި އެ ތާޖް ހަވާލު ކުރާނެ ކަމަށް ބުންޏެވެ.

ޖޫރީގެ ޝަކުވާ އަކީ ޕުޝްވިކާ މީހަކާ ކައިވެނިކޮށްގެން ނޫޅުމެވެ. މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ ޑި ސިލްވާ ސެޕަރޭޓްވެފައިވީ ނަމަވެސް ވަރިވެފައި ނުވާ ކަމަށެވެ.

ރީތީގެ ރާނީ އަށް މިފަހަރު ހޮވުނު ޕުޝްޕިކާ އަށް "މިސިޒް ސްރީ ލަންކާ" ގެ މަގާމު ލިބުނު އިވެންޓް އާދިއްތަ ދުވަހުގެ ރޭ ވަނީ ގައުމީ ޓީވީން ދައްކައިފަ އެވެ. އޭނާ އެ މަގާމަށް ހޮވުނުތާ އިރުކޮޅެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ރީތީގެ ރާނީ ޖޫރީ ވަނީ ޑި ސިލްވާގެ ބޮލުގައި އެޅުވި ތާޖް އަތުލައިފަ އެވެ. ސްޓޭޖްގައި ވާހަކަ ދައްކަމުން ޖޫރީ ބުނީ މިސިޒް ސްރީ ލަންކާގެ މަގާމު ޑި ސިލްވާ އަށް ނުލިބޭނެ ކަމަށާއި އޭނާ އަކީ ވަރިކޮށްފައި ހުރި މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މިސިޒް ސްރީ ލަންކާގެ މަގާމަށް ހޮވޭ މީހާ އަކީ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާން ޖެހޭނެ އެވެ. އޭގެ ފަހުން ޖޫރީ ވަނީ ރީތީގެ ރާނީގެ ތާޖް ދެވަނަ އަށް ދިޔަ ފަރާތުގެ ބޮލުގައި އަޅުވައިފަ އެވެ. އެ ވަގުތު ޑި ސިލްވާ ވަނީ ސްޓޭޖް ފައިބައިގެން ގޮސްފަ އެވެ.

ފަހުން ވަނީ ރީތީގެ ރާނީގެ ތާޖް ޕުޝްޕިކާ އަށް އަލުން ހަވާލުކޮށްފަ އެވެ.

ސްޓޭޖުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޖޫރީ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.