ޓޮމް ހޮލެންޑަށް އެޕަލް ޓީވީ ޕްލަސްގެ އެންތޮލޮޖީ ވެބް ސީރީޒެއް
ޓޮމް ހޮލެންޑަށް އެޕަލް ޓީވީ ޕްލަސްގެ އެންތޮލޮޖީ ވެބް ސީރީޒެއް

ކުރިއަރަމުން އަންނަ ހޮލީވުޑްގެ ޒުވާން އެކްޓަރު ޓޮމް ހޮލަންޑް އެޕަލް ޓީވީ ޕްލަސްގެ އެންތޮލޮޖީ ސީރީޒަކަށް ސޮއިކޮށްފި އެވެ.

ޑެޑްލައިނުން ބުނެފައިވާ ގޮތުގައި ސީޒަންތަކަކަށް ބަހާލައިގެން ގެނެސްދީފައިންވާ އެންތޮލޮޖީ ސީރީޒްގެ ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް ހިމެނޭ "ދަ ކްރައުޑެޑް ރޫމް" ގެ ނަން ދީފައިވާ ސީރީޒްގައި ސްޕައިޑަ-މޭންގެ ރޯލު ކުޅެމުން އަންނަ ޓޮމް ފެނިގެން ދާނީ ބިލީ މިލިގިން ކިޔާ ކެރެކްޓާއަކުންނެވެ.

އޭނާ އަކީ މަލްޓި ޕާސަނަލިޓީ ޑިސްއޯޑާއަކާ ގުޅިގެން ބޮޑެތި ޖޫރިމާތަކެއް ހިންގާފައިވާ މީހެކެވެ. "ދަ ކްރައުޑެޑް ރޫމް" ބިނާކުރަނީ ބިލިއާ ބެހޭ ގޮތުން ޑެނިއަލް ކިޔީ ލިޔުނު 1981 ގެ ބައޮގްރަފީ "ދަ މައިންޑްސް އޮފް ބިލީ މިލިގަން" އަށެވެ.

މި ސީރީޒްގެ ލީޑް ރޯލު ކުޅުމުގެ އިތުރަށް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ޓޮމް ހިއްސާވާނެ އެވެ. އަދި މީގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި މި ފަހުން ގެނެސްދިން ކާމިޔާބު ފިލްމުތައް ކަމަށްވާ "12 އިޔާ އަ ސްލޭވް" އާއި "ބާޑްމޭން" ގެނެސްދިން ސްޓޫޑިއޯ ނިއު ރިޖެންސީ ބައިވެރިވާނެ އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި "ދަ ކްރައުޑެޑް ރޫމް" ގެ ސްކްރީޕްލޭ ލިޔަނީ 2001 ގެ މަޝްހޫރު ފިލްމު "އަ ބިއުޓިފުލް މައިންޑް" ވެސް ލިޔުނު އަކީވާ ގޯލްޑްސްމަނެވެ. ނަމަވެސް ސީރީޒްގެ އިތުރު ކާސްޓުންނާއި ޑައިރެކްޓަރާއި ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެޕަލް ޓީވީ ޕްލަސް އިން ޕްރިމިއާކުރި ފިލްމު "ޗެރީ" ގެ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އާއި "އަންޗާޓެޑް" ހިމެނެ އެވެ.