ދެ ރަށެއްގައި ވޯޓު ލާ ގަޑި ލަސްކޮށްފި
ދެ ރަށެއްގައި ވޯޓު ލާ ގަޑި ލަސްކޮށްފި

މާދަމާ އޮންނަ ކައުންސިލް އިންތިހާބުގައި ވޯޓު ލާން ފަށާ ގަޑި ދެ ރަށެއްގައި ލަސްކޮށްފި އެވެ.

ވޯޓު ލާ ގަޑި ލަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ މ. ރަތްމަންދު އާއި ވ. ތިނަދޫގެ ވޯޓު ލާ މަރުކަޒުގެ އެވެ.

އެ ކޮމިޝަނުން ބުނީ ގަޑި ލަސްކޮށްފައި ވަނީ އެ ދެ ރަށުގެ ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން ހަމަޖެހިފައިވާތީ ކަމަށެވެ. ރަތްމަންދު އާއި ތިނަދޫގައި ވޯޓު ލުން ކުރިޔަށް ދާނީ 8:30 އިން ފެށިގެން 5:00 އަށް ކަމަށް ވެސް އީސީން ބުންޏެވެ.

މައްސަލައެއް ދިމާ ނުވާނަމަ އެހެން ހުރިހާ ރަށެއްގައި ވޯޓު ލާން ފަށާނީ ހެނދުނު 7:00 ގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން އޮފިޝަލުން ހޯދުމަށް ބޮޑެތި ދަތިތަކާ އީސީއަށް ކުރިމަތިލާން ޖެހިފައިވާއިރު މާލެއިން ރަށްރަށަށް އޮފިޝަލުން ފޮނުވައިގެން ވިޔަސް އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.