އައިބީއެމް މެދުވެރިކޮށް މިފްކޯ މަސްކޭހަށް މިހާރު އޯޑަރު ކުރެވޭނެ
އައިބީއެމް މެދުވެރިކޮށް މިފްކޯ މަސްކޭހަށް މިހާރު އޯޑަރު ކުރެވޭނެ

މިފްކޯ އިން އުފައްދާ ފެލިވަރު މަސްދަޅު ކޭސް ޑެލިވަރީ ކުރަން އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އައިބީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ.

މިފްކޯއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވިއްކާ، ތެލުގައި ބަންދު ކޮށްފައި ހުންނަ މަސްދަޅު (ޗަންކްސް އިން އޮއިލް) އާއި ފެނުގައި ބަންދު ކޮށްފައި ހުންނަ މަސްދަޅު (ޗަންކްސް އިން ބްރައިން) ގެ 48 ދަޅުގެ ކޭހަށާއި 24 ދަޅުގެ ކޭހަށް އައިބީއެމް މެދުވެރިކޮށް އޯޑަރު ކުރެވޭނެ އެވެ. އެގޮތުން، އެ ކުންފުނީގެ ހޮޓްލައިން 1619 އަށް ގުޅައިގެން މި މަސްދަޅު ކޭހަށް އޯޑަރު ކުރެވޭނެ އެވެ.

އައިބީއެމުން ބުނިގޮތުގައި މި އެއްބަސްވުމަކީ މިފްކޯ އިން އުފައްދާ ތަކެތި ކަސްޓަމަރުންނާ ހަމައަށް އަވަހަށް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.