09 އެޕްރީލް 2021 - 13:46

ރިސޯޓު ތަރައްގީ ކުރުމަށް ހަތް އަތޮޅަކުން 23 ރަށެއް ބީލަމަށް ލައިފި އެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލި ރަށްތަކެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ ގދ. އަތޮޅުގެ ރަށްތަކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރަށްތައް 16 ފަރާތަކަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. ސަބަބަކީ ބައެއް ރަށްތައް ކުއްޔަށް ދެނީ އެއް ފަޅެއްގައި އޮންނަ އެހެން ރަށްތަކާ އެކު އެއް ބަޔަކަށް ކަމަށް ވާތީ އެވެ.
- ހއ. ވެލިފިނޮޅު
- ހއ. އަލިދުއްފަރުފިނޮޅު
- ހދ. ކުޑަފަރުފަސްގަނޑު
- މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
- މ. މާއުސްފުށި
- ތ. ކާއްޑޫ
- ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން
- ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު،
ލ.ކަށިދޫ
- ލ. ބޮޑުމުންޏަފުށި
- ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)
- ގއ. މާރެހާ
- ގއ. ފުނަދޫވިލިގިއްޔާ
- ގދ. ކަނޑަހަލަގަލާ
- ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު
- ގދ. ފެރޭތަވިލިގިއްލާ އާއެކު އެއް ކްލަސްޓާގެ ގޮތުގައި އެ އަތޮޅުގެ ދެކާނބާ އާއި ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި ރަށްރަށަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ޒޫމް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00އާ ހަމައަށް ހުޅުވާލާނެ އެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މި މަހުގެ 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލަށް ފޮނުވަން ޖެހެ އެވެ.