ކޮވިޑު-19: މިއަދު ވެސް ކޭސްތައް 100 އިން މަތީގައި
ކޮވިޑު-19: މިއަދު ވެސް ކޭސްތައް 100 އިން މަތީގައި

ފާއިތުވި 24 ގަޑި އިރު ވެސް ރާއްޖެ އިން ކޮވިޑް-19ގެ 100 އަށް ވުރެ ގިނަ ކޭސް ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އާއި މިއަދު ހަވީރު 6:00އާ ދެމެދު ޓެސްޓުކުރި 4،034 ސާމްޕަލްގެ ތެރެއިން، ބަލި ޖެހިފައިވާ 138 މީހަކު ފެނިފައިވާ ކަމަށެވެ.

އެއީ މާލެ ސަރަހައްދުން 84 މީހަކާއި އެހެން ރަށްރަށުން 44 މީހަކާއި ރިސޯޓުތަކުން ހައެއް އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ހަތަރު މީހެކެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 3،101 ގަ އެވެ.

އަލަށް ފެނުނު ކޭސްތަކާ އެކު، ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25،191 އަށް އެރީ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 88 މީހަކަށް ފަރުވާދެ އެވެ.