07 އެޕްރީލް 2021 - 16:41

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކާނެ އެޖެންޓުން ހޯދަން އެ ކުންފުނިން އިއުލާން ކޮށްފި އެވެ.
އިއުލާނުގައި ބުނީ މިވަގުތު އެޖެންޓުން ނަގާނީ 11 އަތޮޅަކުން ކަމަށެވެ. އެއީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅެވެ. މީގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ދެ އެޖެންޓުން ނަގާނެ އެވެ.
އެޖެންޓުންގެ ގޮތުގައި ނަގާނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތައް އެކަންޏެވެ. ކޮންމެ ބަޔަކަށްވެސް ގިނަވެގެން ދެ އަތޮޅަކަށް ބީލަން ހުށަހެޅޭނެ އެވެ.
އެސްޓީއޯގެ އެޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅާ ބިޑު ކަރުދާސް، މި މަހުގެ 25ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. ބީލަން ހުށަހަޅާނީ އީމެއިލް[email protected]މެދުވެރިކޮށެވެ.
އެސްޓީއޯއިން ވިއްކާ ކޮންސްޓްރަޝަން ސާމާނުގެ ތެރޭގައި ސިމެންތި އާއި ހިލަ އާއި ހިލަވެއްޔާއި ދަގަނޑާއި ޕުލައިވުޑް އަފި ދަގަނޑު ހޮޅިއާއި ޓިނު ހިމެނެ އެވެ.