ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ

ޓޯކިޔޯ (ޖޫން 3) - ބަސް ނާހާތީ އަދަބު ދިނުމުގެ ގޮތުން ޖަޕާނުގެ ޖަންގައްޔެއްގެ ތެރޭގައި ބެހެއްޓި ހަތް އަހަރުގެ ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ހަފުތާއެއްހާ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ އެވެ.

ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ

އެ ކުއްޖާގެ މައިން ބަފައިން ފުރަތަމަ ބުނެފައި ވަނީ ތަރުކާރީ ކަނޑަން ޖަންގަލި ތެރޭގައި އުޅެނިކޮށް އެ ކުއްޖާ ގެއްލުނީ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ޖަންގަލި ތެރޭގައި ބެހެއްޓީ ބަސް ނާހާތީ އަދަބު ދިނުމުގެ ގޮތުން ކަމަށް އެ ކުއްޖާގެ މައިންބަފައިން އެއްބަސްވެފަ އެވެ.

ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ

ޖަޕާނުގެ ހޮކައިޑޫ ޖަންގައްޔަކީ ސާރިދޯޅު ގިނަ ސަރަހައްދެކެވެ. ޔަމާޓޯ ޓަނޫކާ ނަން ދީފައިވާ މި ކުއްޖާ ފެނިފައި ވަނީ އެ ކުއްޖާ ޖަންގަލީގައި ބެހެއްޓި ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ސިފައިން ތަމްރީނުކުރާ މަރުކަޒެއްގެ ހަޓެއްގެ ތެރޭންނެވެ.

ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ

ކުއްޖާ ފެނުމާ އެކު ވަނީ ޓެސްޓްތައް ހަދަން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ކުއްޖާގެ ބައްޕަ ޓަކަޔުކީ ޓަނޫކާ ވަނީ އެ ކުއްޖާ އާއި އެ ކުއްޖާ ހޯދަން މަސައްކަތްކުރި މީހުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެ ކުއްޖާ ބަހައްޓާފައި އެ މީހުންނަށް "މާ ދުރަށް ދެވުނީ" ކަމަށް ބުންޏެވެ. އަދި އެ ކުއްޖާ ދެން ބޮޑުވަމުން ދާނީ އޭނާގެ ފުރިހަމަ ހިމާޔަތުގެ ދަށުގައި ކަމަށް ވެސް ބުންޏެވެ.

ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ

ޖަޕާނުގެ ސެލްފް ޑިފެންސް ފޯސް (އެސްޑީއެފް) ގެ ޓީމުތަކާ އެކު ވަރަށް ގިނަ ސާޗް ޓީމުތަކުން ވަނީ ކުއްޖާ ހޯދަން ޖަންގަލި ތެރޭގައި މަސައްކަތް ކޮށްފަ އެވެ. ހަފުތާއެއްވާން ކައިރިވި އިރު ވެސް އެ ކުއްޖާ ނުފެނުމުން އެ މީހުންގެ އުއްމީދު ފަނޑުވި އެވެ. ނަމަވެސް އެ ކުއްޖާ ބެހެއްޓި ކަމަށް ބުނާ ތަނާ 2.5 މޭލު ދުރުގައިވާ އެސްޑީއެފްގެ ތަމްރީނު ހަޓެއްގެ ތެރޭގައި އެ ކުއްޖާ ހުއްޓާ މިއަދު ވަނީ ހޯދައިފަ އެވެ.

ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ
ޖަޕާނުގެ ޖަންގަލިތެރެއަށް ގެއްލުނު ކުއްޖާ ހަ ދުވަސް ފަހުން ދިރިހުއްޓާ ފެނިއްޖެ

އެސްޑީއެފްގެ މެންބަރަކު ބުނީ ހަޓުގެ ދޮރު ހުޅުވާލުމާ އެކު ކުޑަ ކުއްޖަކު ފެނުމުން "ތިޔައީ ޔަމާޓޯތޯ ސުވާލު ކުރުމުން" އެ ކުއްޖާ "އާ އެކޭ" ބުނި ކަމަށެވެ.

"އެ ކުއްޖާ ބުނީ ވަރަށް ބަނޑުހައިވެފައޭ މި ހުރީ. ދެން ސިފައިންގެ މީހާ ވަނީ އެ ކުއްޖާ އަށް ފެނާއި ޕާނާއި ބަތް ދީފައި،" އެސްޑީއެފްގެ މެންބަރު އެންއެޗްކޭ އަށް ބުންޏެވެ.

އެސްޑީއެފުން ބުނީ ހޯމަ ދުވަހު ވެސް އެ ހަޓް ބަލާފައިވާ ކަމަށާއި އެ ކުއްޖާގެ ހިލަމެއް އެ ތަނުން ނުވި ކަމަށެވެ. އެކަމަކު އެ ކުއްޖާ ބުނެފައި ވަނީ އޭނާ އެ ތަނަށް ދިޔައީ ހޮނިހިރު ދުވަހު ކަމަށެވެ. ޔަމާޓޯއާ ހަވާލާދީ އެންއެޗްކޭ އިން ބުނެފައި ވަނީ ޖަންގަލީ ތެރޭގެ ފަރުބަދަތަކުގެ މަތިން އޭނާ ހިނގާފައި ދަނިކޮށް އެ ހަޓް ފެނުމުން އެ ތަނަށް ވަދެ އޮތީ ކަމަށެވެ.

ކުއްޖާ ފެނުމާ އެކު އަސްކަރީ ހެލިކޮޕްޓަރެއްގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ކުއްޖާ ބެލި ޑޮކްޓަރު ބުނެފައި ވަނީ ކުއްޖާގެ ހާލު ވަރަށް ރަނގަޅު ކަމަށާއި ހަމައެކަނި މައްސަލައަކީ ހަ ދުވަސް ވަންދެން ނުސާފު ފެން ބޮއިފައިވުން ކަމަށެވެ.

ޔަމާޓޯ ފެނުނު ޚަބަރާ އެކު އޭނާގެ ސްކޫލް ކުދިން ވަނީ އުފާފާޅު ކުރަން ފަށައިފަ އެވެ.

ފުލުހުން ބުނެފައި ވަނީ ޔަމާޓޯ އަށް އިހުމާލުވި މައްސަލާގައި އޭނާގެ މައިންބަފައިންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.