އިތުރު 145 މީހަކަށް ކޮވިޑް-19 ޖެހިއްޖެ
އިތުރު 145 މީހަކަށް ކޮވިޑް-19 ޖެހިއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 145 މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް 4،892 ސާމްޕަލް ޓެސްޓުކުރެވުނު ކަމަށެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2.96 ޕަސެންޓް މީހުންނެވެ. މީގެ ތެރެއިން 85 ޕަސެންޓް މީހުންނަކީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭ އިން ބުނީ ރަށްރަށުން 39 މީހުންނާއި ރިސޯޓުތަކުން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ސިނާއީ މަސައްކަތްކުރަމުން އަންނަ ރަށްރަށުން އިތުރު ދެ މީހަކު ޕޮޒިޓިވްވި ކަމަށެވެ.

މިހާރު 3،079 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 73 މީހުންނަށް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 67 މީހަކު މަރުވެފައި ވެ އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިހާރު ވަނީ ފަށާފަ އެވެ.