އެހެން ގައުމުތަކުގައި ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ރާއްޖެ އިން ދެވަނަ ޑޯޒް ދޭނެ
އެހެން ގައުމުތަކުގައި ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ރާއްޖެ އިން ދެވަނަ ޑޯޒް ދޭނެ

ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންކުރާ ވެކްސިންތަކުގެ ތެރެއިން، ރާއްޖޭގައި މިހާރު ބޭނުންކުރާ ވެކްސިނެއްގެ ފުރަތަމަ ޑޯޒް އެހެން ގައުމަކުން ޖެހި މީހުންނަށް، ދެވަނަ ޑޯޒް ރާއްޖޭގައި ޖަހައިދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެ އިދާރާ އިން ބުނީ، އެހެން ގައުމަކުން ކޮވިޝީލްޑް ނުވަތަ ސައިނޮޕާމް ނުވަތަ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި ނަމަ، ދެވަނަ ޑޯޒް ޖެހުމުގެ ކަންތައް ރާއްޖެއިން ހަމަޖައްސަދޭނެ ކަމަށެވެ. އަދި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުން މީހުން[email protected]އީމެއިލްކޮށް، އެޗްޕީއޭ އަށް އަންގަން ވެސް ބުންޏެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އެދި އީމެއިލް ކުރާ އިރު އިރު، ވެކްސިން ޖެހިކަމުގެ ލިޔުމާއި، އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ހިމަނަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އެ މީހެއްގެ ނަމާއި ޕާސްޕޯޓު/އައިޑީކާޑު ނަންބަރިުގެ އިތުރުން ގުޅޭނެ ނަންބަރަކާއި ވެކްސިން ޖެހި ތާރީހާއި ބޭނުން ކުރީ ކޮން ބާވަތެއްގެ ވެކްސިނެއް ކަން ވެސް ބަޔާން ކުރަން އެ އިދާރާ އިން އެދުނެވެ.

ރާއްޖޭގައި މިހާތަނަށް 24،908 މީހުންނަށް ކޮވިޑް ޖެހިފައި ވެ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 3،059 މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް 251،139 މީހުން ޖަހާފައި ވެ އެވެ.