ކުރީގެ ޒިކުރާ މިސްކިތް ހުރިތަނުން މިނިކަށިތަކެއް ފެނިއްޖެ
ކުރީގެ ޒިކުރާ މިސްކިތް ހުރިތަނުން މިނިކަށިތަކެއް ފެނިއްޖެ

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތްކުރުމަށް ކޮންނަމުންދަނިކޮށް މިނިކަށިތަކެއް ފެނިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިކަށިތަކެއް ފެނުން ނަމަވެސް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންދާތަނަކުން މިނިކަށިތަކެއް ފެނިފައިވާއިރު އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ މިނިކަށި ފެންނަ ތަންތަނުގައި އިމާރާތްކޮށްގެން ނުވާނެ ކަމަށެވެ.

އެހެންކަމުން، އިމާރަތްކުރުމުގެ ކުރިން ގަބުރުތައް ނަގާފައި އިހުތިރާމާއެކު އެހެން ތަނެއްގައި ވަޅުލުމުން ރަނގަޅުވާނެ ކަމަށް ފުރަތަމަ ފިގްހް އެކަޑަމީން ނިންމާފައިވާ ކަމަށް ޑރ. އިޔާޒު ވިދާޅުވެ އެވެ.

މީގެ ކުރިން ވެސް މިގޮތަށް އެކި އިމާރާތްތައް ހުރި ބިންތައް ކޮންނަމުންދަނިކޮށް ގަބުރު ފެނިފައިވެ އެވެ.