06 އެޕްރީލް 2021 - 15:30

ދިރާގު ފައިބާ ބްރޯޑް ބޭންޑްގެ ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލެއް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މުޅިން ހިލޭ ގުޅައިދޭނެ އެވެ. ރައުޓަރުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.
ފައިބާ ކޭބަލެއް ނެތް އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް 50 ޕަސެންޓުގެ ޑިސްކައުންޓަކާއެކު މި ޕްރޮމޯޝަންގައި ދިރާގުން ކަނެކްޝަން ގުޅައިދޭނެ އެވެ.
ދިރާގުގެ ކޮންސިއުމާ ޕޯސްޓްޕެއިޑް އަދި އެފްބީބީ މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވިގޮތުގައި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރީ ގިނަ ބައެއްގެ ތަރުހީބު ލިބޭތީ އެވެ.
"އަޅުގަނޑުމެން ބޭނުންވީ ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް އަދި 64 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.