05 އެޕްރީލް 2021 - 23:02

ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންގެ އަދަދު 3.054 އަށް އަރައިފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި ފެތުރެން ފެށި މި ބައްޔަށް، މި ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ގިނަވެފަ އެވެ.
އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ޓެސްޓުކުރި 3،237 ސާމްޕަލްގެ ތެރެއިން 125 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މާލެ ސަރަހައްދުން 64 މީހަކަށް ބަލި ޖެހުނު އިރު ރަށްރަށުގައި އެ އަދަދު އުޅެނީ 46 ގަ އެވެ. ރިސޯޓުތަކުން 14 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.
ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ އަދަދު މިހާރު ވަނީ މަދުވެފަ އެވެ. މިހާރު ފަރުވާދެނީ 90 މީހަކަށެވެ. ރާއްޖޭގައި މިހާތަނަށް، 24،908 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 67 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުނުވި ނަމަވެސް، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތައް މިހާރު ވަނީ ލުއިކޮށްފަ އެވެ.