05 އެޕްރީލް 2021 - 16:39

ފިލްމު ގެނެސްދޭ "ސިނަމަޗީ"ގެ ޗެނަލްތަކަކާއެކު ދިރާގު ޓީވީން ގޯލްޑް ޕެކޭޖެއް މިއަދު ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ސިނެމަޗީގެ ފިލްމީ ޗެނަލްތަކާއެކު 100 އަށް ވުރެ ގިނަ ކޮލިޓީ ޗެނަލް ގޯލްޑް ޕެކުގައި ހިމެނޭނެ ކަމަށެވެ. މި ޕެކް ލިބޭނީ ޓެކްސް ނުލައި 450ރ. އަށެވެ.
މި ޕެކުގައި ހިމެނޭ ސިނަމަޗީގެ ޗެނަލްތަކުގެ ތެރޭގައި ސިނެމަޗީ އެކްޝަން އާއި ސިނެމަޗީ ރޮމޭންސް އާއި ސިނެމަޗީ ކޮމެޑީ އަދި ސިނެމަޗީ ޑްރާމާ އާއި ސިނެމަޗީ ކްރައިމް ހިމެނެ އެވެ. ގޯލްޑް ޕެކުގެ އިތުރުން ދިރާގުޕްލޭގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ސިނެމަޗީ ޗެނަލްތައް ފެންނާނެ އެވެ.
ދިރާގުގެ ޓީވީ ބިޒްނަސް މެނޭޖަރު ޒިހާރު ޒުހައިރު ވިދާޅުވީ މިއީ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުމަކަށް ފުދޭނެ ޕެކޭޖެއް ކަމަށެވެ.
ދިރާގުން އަންނަނީ އެ ކުންފުނީގެ ދިރާގު ޓީވީ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއްވެސް ވެސް ކުރިއަށްގެންދަމުންނެވެ. މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ކަނެކްޝަނާއި ޖޯއިބޮކްސް ހިލޭ ލިބޭނެ އެވެ.