ޝޯމީގެ ފޮޓޯ/ވީޑިއޯ ޗެލެންޖުން ބޮޑެތި އިނާމުތަކެއް
ޝޯމީގެ ފޮޓޯ/ވީޑިއޯ ޗެލެންޖުން ބޮޑެތި އިނާމުތަކެއް

ޝޯމީގެ ފޯނެއް ގެންގުޅޭ ނަމަ މިއީ ކޮންމެހެން ވެސް ބައިވެރިވެލަން ރަނގަޅު މުބާރާތެކެވެ. ފަސްހާސް ޑޮލަރުގެ އިނާމެއް ވެސް ހޯދިދާނެ އެވެ. ޝޯމީން 2019 ގައި ފެށި "ޝޮޓް ބާއި މައި އެވޯޑްސް" އަކީ އެ ކުންފުނީގެ ފޯނުތަކުން ނަގާ ހިތްގައިމު ފޮޓޯ އާއި ވީޑިއޯތަކުން ކްރިއޭޓިވިޓީ ދައްކާލައިގެން އިނާމު ހޯދޭ މުބާރާތެކެވެ.

މި އަހަރުގެ މި ޗެލެންޖަށް ހުޅުވައިލީ މިދިޔަ މަހުގެ 22 ގަ އެވެ. "ޔޯ ވިޝަން، ޔޯ ސްޓޯރީ" ގެ ނަމުގައި ކުރިއަށް ގެންދާ މި އަހަރުގެ ޗެލެންގެ ދެ އެޕިސޯޑަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު ފުރަތަމަ އެޕިސޯޑްގެ ތީމަކީ "ކަލަފުލް ލައިފް" އެވެ. މާޗް މަހުގެ 22 ގައި މިއަށް ހުޅުވައިލުމާ އެކު، ފޮޓޯތަކާއި ވީޑިއޯތައް ހުށަހެޅުމުގެ ފުރުސަތު ދެ މަސް ދުވަހަށް އޮންނާނެ އެވެ. އެ މީހަކު ބޭނުންވާ ގޮތަކަށް އެކަމަކު "ވާހަކައެއް ކިޔައިދޭ ގޮތަށް" ފޮޓޯ/ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންވީމާ މިހާރު މިއޮތީ ފުރަތަމަ ބައިގައި ބައިވެރިވެލުމުގެ ފުރުސަތެވެ.

މިހާރުވެސް ވަރަށް ގިނަ ބަޔަކު ރެޖިސްޓްރީކޮށް އެ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވާފައިވެ އެވެ.

"ކަލަފުލް ލައިފް" ގެ ދެ މަހުގެ ސުންގަނޑި ހަމަވުމުން ޝޯމީން އަހަރުގެ ދެވަނަ އެޕިސޯޑް އެހން ތީމަކާ އެކު އިއުލާންކުރާނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ދެ އެޕިސޯޑަށް ހުށަހަޅާ ފޮޓޯތަކާއި ވީޑިއޯތައް ޖަޖްކުރާނީ އެކަމަށް ހާއްސަ ތަޖުރިބާކާރު ޕެނަލަކުންނެވެ. އެގޮތުން ބޮޑު އިނާމަކީ ކޮންމެ ކެޓަގަރީއަކަށް 5،000 ޑޮލަރާ އެކު އެންމެ ފަހުގެ ޝޯމީގެ ފޯނަކާ އެކު ވެސް އިތުރު އިނާމުތަކެވެ.

މުޅި ޗެލެންޖަށް ޝޯމީން 147 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރާނެ އެވެ.

ވަނަތަކަށް ހޮވޭ އެއްޗެހި އިއުލާންކުރުން އޮންނާނީ ޖޫން މަހުގެ 18 ގަ އެވެ. އޭގެ ކުރިން ކޮލިފައިވާ ހުށަހެޅުންތައް ޝޯމީގެ ވެބްސައިޓްގައި އާންމުކުރާނެ އެވެ.

ޝޯމީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޗެލެންޖްގައި 170 އަށް ވުރެ ގައުމުން 81،000 ފޮޓޯ/ވީޑިއޯ ހުށަހެޅި އެވެ.