ހޮސްޕިޓަލްގައި ރޯވެ އަނދަމުން ދަނިކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި
ހޮސްޕިޓަލްގައި ރޯވެ އަނދަމުން ދަނިކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި

މޮސްކޯ (އެޕްރީލް 3) - ރަޝިޔާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ އަނދަމުން ދަނިކޮށް، އެ ހޮސްޕިޓަލުގައި އޮތް ބަލި މީހެއްގެ ހިތުގެ އޯޕަން ހާޓް ސާޖަރީއެއް މެޑިކަލް ޓީމުންކޮށް ނިންމާލައިފި އެވެ.

ހޮސްޕިޓަލްގައި ރޯވެ އަނދަމުން ދަނިކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި
ހޮސްޕިޓަލްގައި ރޯވެ އަނދަމުން ދަނިކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި

ބްލަގޮވެޝްޗެންސްކްގެ ހޮސްޕިޓަލްގެ ފުރާޅުގައި އަލިފާން ރޯވުމުން، އަލިފާން ނިންވުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު ވަނީ 120 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުން ނެރެފަ އެވެ. އަލިފާނުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހޮސްޕިޓަލްގައި ރޯވެ އަނދަމުން ދަނިކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި
ހޮސްޕިޓަލްގައި ރޯވެ އަނދަމުން ދަނިކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި

ހިތުގެ އޮޕަރޭޝަން ކުރިއަށް ގެންދެވުނީ ތިރީ ބުރީގައި ހުރި އޮޕަރޭޝަން ތިއޭޓަރާ ގުޅާފައިވާ އިމަޖެންސީ ކަރަންޓް ކޭބަލެއްގެ ސަބަބުންނެވެ.

އޮޕަރޭޝަން ކުރި ހިތުގެ ބަލި މީހާ ވެސް ފަހުން ވަނީ އެ ހޮސްޕިޓަލުން ބަދަލުކޮށްފަ އެވެ.

އޮޕަރޭޝަން ޑޮކްޓަރުން ޓީމުގެ ލީޑަރު ވެލަންޓިން ފިލަޓޯފް ބުނީ އޭނާގެ ޓީމަށް ކުރަން ޖެހުނު ކަމަކީ ބަލި މީހާ ސަލާމަތް ކުރުން ކަމަށާއި އެކަމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ.

ދެ ގަޑިއިރުގެ ހިތުގެ އޮޕަރޭޝަން ކުރުމުގައި އަށް ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން ބައިވެރިވި އެވެ. ހޮސްޕިޓަލްގައި އަލިފާން ރޯވުމުގެ ކުރިން ހިތުގެ އޮޕަރޭޝަން ކުރަން ވަނީ ފަށައިފަ އެވެ.

ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީން ބުނީ އަލިފާން ރޯވި ހޮސްޕިޓަލް އިމާރާތްކޮށްފައި ވަނީ 1907 ވަނަ އަހަރު ކަމަށެވެ. އަލިފާން ގަނޑު އެހާ ހަލުވިކޮށް ފެތުރުނީ ހޮސްޕިޓަލްގެ ލަކުޑި ސީލިންގައި ރޯވުމުންނެވެ. ބެލެވޭ ގޮތުގައި ހޮސްޕިޓަލްގައި ރޯވީ ޝޯޓް ސާކިޓެއްގެ ސަބަބުންނެވެ.

އަލިފާން ރޯވެފައި ވަނީ އެ ސަރަހައްދުގައި ކާޑިއޮލޮޖިކަލް ޚާއްސަ ޔުނިޓެއް ހުރި ހަމައެކަނި ހޮސްޕިޓަލްގަ އެވެ. ސަރަހައްދީ ގަވަރުނަރުގެ އޮފީހުން ވަނީ ހިތުގެ އޮޕަރޭޝަން ކުރި މެޑިކަލް ޓީމަށާއި އަލިފާން ނިއްވާލި ފަޔާފައިޓަރުންގެ ޓީމަށް އެވޯޑް ދޭން ނިންމައިފަ އެވެ.