މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

ކޮންމެ ހުކުރު ދުވަހެއްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ބާއްވާ މުޒާހަރާތަކުގެ ތެރެއިން، މިއަދުގެ މުޒާހަރާ އިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

ހަވީރު ބޭއްވި މުޒާހަރާ އަށް ފަހު، ޕީޕީއެމުން ބުނީ "މިއަދުގެ އިހުތިޖާޖުން ވަނީ 12 މީހަކު ހައްޔަރުކޮށްފައި" ކަމަށެވެ.

މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

އެހެން ދުވަސްތަކާ ޚިލާފަށް މިއަދުގެ މުޒާހަރާ ޚާއްސަކުރީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށެވެ. މުޒާހަރާގައި ގިނައިން ބައިވެރިވީ އަންހެނުން ކަމަށް ވުމުން، މުޒާހަރާ ރޫޅާލުމުގެ ގޮތުން ގިނައިން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައީ އަންހެނުންނެވެ.

މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

އެހެން ދުވަސްތަކެކޭ އެއްގޮތަށް، އިދިކޮޅުގެ މިއަދުގެ މުޒާހަރާ ހުއްޓުވައި އެ މީހުންނަށް ހުރަސް އަޅަން ރަޔަޓްގިއަރުގައި ތިބި ފުލުހުން މާލޭގެ އެކި ސަރަހައްދުތަކަށް އޮތީ ނެރެފަ އެވެ. ފަހަކަށް އައިސް އިދިކޮޅުން ބާއްވާ މުޒާހަރާތައް ހުއްޓުވައި އެ މީހުންނަށް ފުލުހުން ހުރަސްއަޅައި މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ބައެއް އާންމުންނަށް އަނިޔާ ވެސް ވެފައި ވެ އެވެ.

މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރާ ކަމަށް ބުނެ، އެ ޕާޓީގެ އޮފީހަށް ވަދެނުކުތުން ވެސް ފުލުހުން މުޒާހަރާ އޮންނަ ވަގުތުތަކުގައި ހުކުރު ދުވަހު ހުއްޓުވަ އެވެ. ޕީޕީއެމް އޮފީހަށް ދެވެން އޮންނަ މަގުތަށް ވެސް މުޒާހަރާ ފެށުމުގެ މާކުރިން ފުލުހުން ބަންދުކުރެ އެވެ.

މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް ކާފިއު އުވާލައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް އިއްޔެ އިން ފެށިގެން އެޗްޕީއޭ އިން ވަނީ ދީފަ އެވެ. އެކަމަކު، އެއްފަހަރާ ފަސް މީހުން ގުރޫޕް ހަދައިގެން މަގުމަތީގަ އާއި އާންމު ތަންތަނުގައި އުޅުމާއި ޕާޓީތަކާއި ހަފުލާތައް ބޭއްވުން އަދިވެސް މަނަލެވެ.

މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް
މިއަދުގެ އިހުތިޖާޖުން 12 މީހަކު ހައްޔަރުކުރި: ޕީޕީއެމް

މިދިޔަ މަހުގެ 18 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ، އެޗްޕީއޭ)ގެ އެންގުންތަކާ ހިލާފަށް މުޒާހަރާކުރުމުން، 75،000 ރުފިޔާ އިން ޕީޕީއެމް ޖޫރިމަނާ ކޮށްފަ އެވެ.