އެންމެ ފުނަން ފެތިފައި އޮތް ބޯޓާ ހަމައަށް ސަބްމެރިނެއް ދަތުރުކޮށްފި
އެންމެ ފުނަން ފެތިފައި އޮތް ބޯޓާ ހަމައަށް ސަބްމެރިނެއް ދަތުރުކޮށްފި

މެނީލާ (އެޕްރީލް 2) - ދުނިޔޭގައި އެންމެ ފުނަށް ފެތިފައި އޮތް ކަމަށް ބެލެވޭ ބޯޓާ ހަމައަށް ސަބްމެރިނެއް ދަތުރުކޮށްފި އެވެ.

އެންމެ ފުނަން ފެތިފައި އޮތް ބޯޓާ ހަމައަށް ސަބްމެރިނެއް ދަތުރުކޮށްފި
އެންމެ ފުނަން ފެތިފައި އޮތް ބޯޓާ ހަމައަށް ސަބްމެރިނެއް ދަތުރުކޮށްފި

ސަބްމެރިން ދަތުރުކޮށްފައި ވަނީ ފިލިޕީންސް ކަނޑަށް ފެތިފައި، 6.5 ކިލޯމީޓަރު (ހަތަރު މޭލު) އަޑީގައި އޮތް ޔޫއެސްއެސް ޖޯންސްޓަންއާ ހަމައަށެވެ. އެ ބޯޓު ސާވޭ ކުރުމާއި މަންޒަރުތައް ނެގުމުގައި ސަބްމެރިންގައި ތިބި މީހުން ވަނީ އެތައް ވަގުތެއް ހޭދަކޮށްފަ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ 115 މީޓަރު ދިގު ބޯޓު ފެތިފައި ވަނީ ޖަޕާނުގެ ހަނގުރާމަ މަތީ މަނަވަރުތަކާ އެކު 1944 ވަނަ އަހަރު ކުރި ބެޓްލް އޮފް ސަމަރު ހަނގުރާމައިގަ އެވެ.

ޖޯންސްޓަންއާ ހަމައަށް ދަތުރުކުރި ސަބްމެރިންގެ ޕައިލެޓް ވިކްޓަ ވެސްކޯވޯ ބުނީ ބޯޓު އޮތީ ވަރަށް ފުނުގައި ކަމަށާއި އެ ހިސާބުގައި އޮކްސިޖަން ލެވެލް ވަރަށް ދަށް ކަމަށެވެ. ބޯޓުގެ ހަލް ނަމްބަރު 557 ރީއްޗަށް ފެންނަން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޯންސްޓަން ފެތިފައި އޮތް ތަން ފުރަތަމަ ހޯދީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ބޯޓުގެ ބައިތައް ވަނީ ރިމޯޓްލީ އޮޕަރޭޓެޑް ވެހިކަލް (އާރުއޯވީ) ބޭނުންކޮށްގެން ވީޑިއޯ ކޮށްފަ އެވެ. ނަމަވެސް ބޯޓުގެ ބޮޑު ބައި އޮތީ އާރުއޯވީ އަށް ނެގޭ ވަރަށް ވުރެ ފުނުގައި ކަމަށްވާތީ މި ފަހަރު ބޭނުންކޮށްފައި ވަނީ ޑީއެސްވީ ލިމިޓިން ފެކްޓާ ސަބްރިންނެވެ. ނުވަ ސެންޓިމީޓަރު (3.5 އިންޗި) ގެ ބޯމިނުގެ ޓައިޓޭނިއަމް ޕްރެޝަރު ހަލްއެއް ލާފައިވާ ދެ މީހުންނަށް ތިބެވޭ އުޅަނދަށް ކޮންމެ ފުން މިނަކަށް ވެސް ދަތުރު ކުރެވެ އެވެ. މީގެ ކުރިން އެ ސަބްމެރިން ވަނީ ކަނޑުގެ އެންމެ ފުންމިން ކަމަށްވާ މެރިއާނާ ޓްރެންޗަށް ފީނައިފަ އެވެ. އެއީ 11 ކިލޯ މީޓަރު އަޑި އެވެ. އެ ސަބްމެރިން ވަނީ ޓައިޓޭނިކް އޮތް ތަނަށް ވެސް ފީނައިފަ އެވެ.