ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހަވީރު ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އަތުލައިގަތީ ކިހާ އަދަދެއްގެ ފުޅިއެއް ކަމެއް ނުބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ތިން ބިދޭސީއެކެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ،" އޮފިޝަލް ވިދާޅުވި އެވެ.

ޑީއީޑީ އިން ވަނީ އޮޕަރޭޝަނެއްގައި ފެރީއެއް ވެސް ފާސްކޮށްފަ އެވެ. އެކަމަކު ބަނގުރާ ފުޅިތައް ހޯދީ ކޮން ތަނަކުން ކަމެއް އަދި ނުބުނެ އެވެ.