ހައި ކޯޓަށް މައްސަލަތައް ބަލައިގަންނަ ގޮތް ޖޭއެސްސީން ހޯދަނީ
ހައި ކޯޓަށް މައްސަލަތައް ބަލައިގަންނަ ގޮތް ޖޭއެސްސީން ހޯދަނީ

ހައި ކޯޓުން މައްސަލަތައް ބަލައިގަތުމުގައި އަމަލުކުރާ އުސޫލާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައުލޫމާތު ސާފުކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން މިހާރު ވަނީ ހައި ކޯޓުން މައްސަލައެއް ބަލައިގަތުމަށް ރަޖިސްޓަރީ ކުރުމަށް އާންމުކޮށް ހޭދަވާ މުއްދަތާއި ރަޖިސްޓަރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ކިހިނެއްތޯ އާއި ދުސްތޫރީ މައްސަލަތައް ބަލައިގަތުމުގައި އެ ކޯޓުން އަމަލުކުރާ އުސޫލަކީ ކޮބައިތޯ ސާފުކުރަން އެދިފަ އެވެ.

ޖޭއެސްސީން އެގޮތަށް އެދުނީ ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޯޓުން އަމަލު ކޮށްފައިވާ ގޮތާ ބެހޭގޮތުން އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކަމަށް ވެ އެވެ. އެކަމަކު އެއީ ކޮޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.