01 އެޕްރީލް 2021 - 11:23

މި އަހަރުގެ ޔޫރޯގައި ވެސް ފަސް ބަދަލުކުރެވޭ ގަވައިދަށް އަމަލުކުރަން ޔުއޭފާ އިން ނިންމައިފި އެވެ.
ޔުއޭފާ އިން ޔޫރޯގައި ފަސް ބަދަލު ގެނެވޭ ގޮތަށް ހަމަޖެއްސީ ވޯލްޑް ކަޕް ކޮލިފައިންގައި މި ގަވައިދަށް އަމަލުކުރާ މުއްދަތު ފީފާ އިން އިތުރުކުރުމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ނިމޭނީ އަންނަ އަހަރުގެ މާޗު މަހު އެވެ.
ޔޫރޯގެ އިތުރުން، އޮކްޓޯބަރު މަހު އޮންނަ ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލާއި، އަންނަ އަހަރުގެ މާޗު މަހު އޮންނަ ރެލިގޭޝަން ޕްލޭއޮފްގައި ވެސް ފަސް ބަދަލުކުރެވޭނެ ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ.
ކޮވިޑް-19ގެ ހާއްސަ ހާލަތާ ގުޅިގެން ފަސް ބަދަލުކުރެވޭ ގޮތަށް ފީފާ އިން ގަވައިދު ބަދަލުކުރީ މިދިޔަ އަހަރެވެ. އިނގިރޭސި ޕްރިމިއާ ލީގު ފިޔަވައި، ޔޫރަޕްގެ ބޮޑެތި އެހެން ހުރިހާ ލީގެއްގައި މި ގަވައިދަށް އަމަލުކުރެ އެވެ.