މިއަދު 241 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިއަދު 241 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 241 އަށް އަރައިފި އެވެ.

މިއީ އިއްޔެ ހަވީރު 6:00 އާއި މިއަދު ހަވީރު 6:00އާ ދެމެދު އަލަށް ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދެވެ. ޖުމްލަ 3،850 ސާމްޕަލްގެ ތެރެއިން ހަ ޕަސެންޓް އެ ވަނީ ޕޮޒިޓިވް ވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ނެރުނު ތަފާސްހިސާބުގައިވާ ގޮތުން، މާލެ ސަރަހައްދަށް ވުރެ އެކަކު ގިނައިން، ރަށްރަށުން 74 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ސިނާއީ އަދި އެހެނިހެން ކަންކަމަށް ބޭނުންކުރާ ރަށްރަށުން 79 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ރިސޯޓުތަކުން ފެނިފައިވަނީ 15 ކޭހެވެ.

މިއާ އެކު ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު ވަނީ 2،849 އަށް އަރައިފަ އެވެ. ހޮސްޕިޓަލުގައި 99 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ.

މާލޭގައި މިއަދު ކުއްލިއަކަށް މަރުވި 66 އަހަރުގެ ފިރިހެންމީހާއާ އެކު ކޮވިޑް މަރުތަކުގެ އަދަދު ވަނީ 67 އަށް އަރައިފަ އެވެ.