ކޮވިޑްގައި އިތުރު މީހަކު ކުއްލިއަކަށް މަރުވެއްޖެ
ކޮވިޑްގައި އިތުރު މީހަކު ކުއްލިއަކަށް މަރުވެއްޖެ

ކޮވިޑް-19 ޖެހިފައިވާ 66 އަހަރުގެ ފިރިހެނަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި މިއަދު މެންދުރު މަރުވީ އައިޖީއެމްއެޗުގެ އިމަޖެންސީ އަށް ގެންދިޔަ އިރު ހަރަކާތެއް ނެތް މީހެކެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ އަށް މިނިޓު ފަހުން ވަނީ އޭނާ މަރުވިކަން ޔަގީންވެފަ އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި 67 ވަނަ މީހާ އެވެ.

މާލެ ސަރަހައްދުގައި އަދިވެސް ބާރަށް ބަލި ފެތުރެމުންދާ އިރު ރާއްޖެ އިން އިއްޔެ ވެސް ކޮވިޑްގެ 136 ކޭސް ފެނުނެވެ. މި ވަގުތު އެކްޓިވް ކޭސްތައް 2،700 އަށް ވުރެ ގިނަ އެވެ.