31 މާޗް 2021 - 14:43

ރޯމް (މާޗް 31) - ރަޝިޔާގެ އަސްކަރީ އޮފިސަރަކަށް ސިއްރު މައުލޫމާތުތަކެއް ވިއްކަން އުޅުނު އިޓަލީގެ ކަނޑުގެ ސިފައިންގެ އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
އިޓަލީގެ މިލިޓަރީ ފުލުހުން ބުނީ އެ ދެ މީހުން ހުއްޓުވީ ޖާސޫސް ކުރުމާއި ދައުލަތުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއްގައި ތުހުމަތުކޮށްގެން ކަމަށެވެ. ރަޝިޔާ މީހާ އަކީ އިޓަލީގައި ހުންނަ އެ ގައުމުގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެ މީހާ ވަރަށް އަވަހަށް އިޓަލީން ފޮނުވާލަން ވަނީ ނިންމައިފަ އެވެ.
އިޓަލީގައި ހުންނަ ރަޝިޔާ ސަފީރު ސާގީ ރަޒޯފް ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް އެކަމުގެ ޝަކުވާ ހުށަހަޅައިފަ އެވެ.
އިޓަލީ ފުލުހުން ބުނީ އެ ގައުމުގެ ނޭވީ އޮފިސަރު ސިއްރު މައުލޫމާތު ރަޝިޔާގެ އޮފިސަރަށް ހަވާލު ކުރީ ފައިސާ ދިނުމުން ކަމަށެވެ. އަދި އިޓަލީގެ އޮފިސަރުގެ ފްލެޓުން ފެނުނު މައުލޫމާތުތަކަށް ބަލާއިރު ނޭޓޯގެ ސިއްރުތައް ވެސް ރަޝިޔާ އަށް ފޯރުކޮށްދީފައިވާނެ ކަމަށް ބެލެވެ އެވެ.